ads
ރައީސް ޔާމީން ގެކޮޅު——
ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭ ކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި، އެމަނިކުފާނު ދިރުއުޅުއްވާ ގެކޮޅު ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީހަށް ސްޕްރޭ ކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ރައީސް ޔާމީންގެ ގެކޮޅު ހިމެނޭހެން ޕީޕީއެމް އޮފީސް ހިމެނޭ ހ. ހުރަފަގޭގެ ދޮރުމައްޗަށް، ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލާ ކަރުދާސްތަކަކެއް އަޅާ، ސްޕްރޭ ކޮށްފައިވެއެވެ. 

މިކަމާއި ގުޅިގެން ޕީޕީއެމްގެ އެސްޖީ މުހައްމަދު ތޮލާލް މިއަދު "ސީއެންއެމް" އަށް ވިދާޅުވީ، އެމައްސަލަ ވަަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ޕާޓީން ބަލާނެ ކަމަށާއި، މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. 

އަދި އެކަމާއި ގުޅިގެން އަމަލުކުރާނެ ގޮތެެއް ޕާޓީން މަޝްވަރާ ކުރަމުންދާ ކަަމަށްވެސް ވިދާޅުވިއެވެ. 

"ރައީސް ޔާމީން އަކީ ކުރީގެ ރައީސް ކަންވެސް ކޮށްފައިވާ ބޭފުޅަކަށްވާއިރު، ދައުލަތުން ހިމާޔަތް ދިނުން ލާޒިމުވާ ބޭފުޅަކަށްވުމުން އަޅުގަނޑުމެން އުންމީދުކުރަން މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ސަރުކާރުން ބަލާނެ ކަމަށް. މިމައްސަަލަ ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާނަން" ތޮލާލް ވިދާޅުވިއެވެ.

ތޮލާލު އިތުރަށް ވިދާޅުވީ، އެ ސަރަހައްދަކީ ފުލުހުންގެ ސީސީޓީވީ ކެމެރާވެސް ހުންނަ ސަރަހައްދަކަށް ވުމުން ސީސީޓީވީ ފޮޓޭޖުވެސް ލިބިފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

އެ ސަރަހައްދުގައި ހުންނަ ޗައިނާ އެމްބަސީ ގައި 24 ގަޑިއިރުގެ ސެކިއުރިޓީ ހުންނައިރު، އެފަދަ ކަމެއް ދަންވަރުގެ ވަގުތެއްގައި ހިނގައިދިޔަނަމަވެސް ފުުލުހުންނަށް ފާހަގަކުރެވުނުތޯ މީޑިއާތަކުން ކުރާ ސުވާލަށް ފުލުހުންގެ ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް