ads
އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލު
ބޮޑުވި މުސާރައާއި އެކު ސުކޫލްތަކުގެ ފީ ބޮޑުކުރަން ފަށައިފި
ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި ގުޅިގެން ރާއްޖޭގައި ހިންގަމުން އަންނަ ބައެއް އަމިއްލަ ސުކޫލްތަކުން ނަގަމުން އަންނަ ފީ ބޮޑުކުރަން ނިންމައިފި އެވެ.
Advertisement

ޓީޗަރުންގެ އާ މުސާރައިގެ އޮނިގަނޑާއި އެކު ރާއްޖޭގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 8000 އަށްވުރެ ގިނަ ފަރާތްތަކުގެ މުސާރައަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އެންމެ މަދުން މުސާރަ ލިބޭ ޓީޗަރަކަށްވެސް މިހާރު މުސާރައިގެ ގޮތުގައި މަހަކު، 13،000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. 

މިއާއި އެކު އަމިއްލަ ސުކޫލްތަކުގައި ކިޔަވައިދެމުން އަންނަ ޓީޗަރުންގެ މުސާރަވެސް ބޮޑުކުރަން ޖެހުމާއި، ގުޅިގެން އެ ސުކޫލުތަކުން ވަނީ އެތަންތަނުން ނަގަމުން އައި ފީ ބޮޑުކުރަން ނިންމާފައެވެ. 

އެގޮތުން މާލޭގައި ހުންނަ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުން ވަނީ ދަރިވަރުން އަތުން ނަގާ ފީ 500 ރުފިޔާ އާއި 1000 ރުފިޔާއާއި ދެމެދުގެ އަގަކަށް ބޮޑުކުރަން ނިންމާފައެވެ. އެކަން ނިންމާ އެ ސުކޫލުން ވަނީ އެ ސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އަންނަ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރާއި އެކު ނަގަމުން އަންނަ ފީ ބޮޑުވާނެ ކަމަށް ބުނެފައެވެ. 

އެ ސުކޫލުން ބުނާ ގޮތުގައި އެ ސުކޫލުގައި ތިބި ފެންވަރު ރަނގަޅު ޓީޗަރުން ވަޒީފާގައި ބޭތިއްބުމަށްޓަކައި މުސާރަ ބޮޑުކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެތަނުގެ ޓީޗަރުންގެ މުސާރައަށްވެސް ބަދަލު ގެންނާނެ ކަމަށެވެ. 

މީގެ އިތުރުން ހުޅުމާލޭގައި ހިންގާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ވެސް ވަނީ އަންނަ އޮގަސްޓު މަހުން ފެށިގެން އެތަނުން ނަގާ ފީ ބޮޑުކުރަން ނިންމާ އެކަން ބެލެނިވެރިންނަށް އަންގާފައެވެ. އެ ސުކޫލުން މައުލޫމާތު ދޭ ގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން 300 ރުފިޔާ އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މިކަމާއި ގުޅިގެން އަމިއްލަ ސުކޫލްތަކަށް ދަރިވަރުން ފޮނުވާ ބެލެނިވެރިން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެފަރާތްތަކުން ވަނީ ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން އޭގެ މަންފާއަށް ވުރެ ވާ ގެއްލުން ބޮޑު ކަމަށެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް