ޓެންޑަކުރަން މިއަދު ފިނޭންސްއަށް ފޮނުވާފައިވާކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ވަނީ އާ ސިއްހީ މަރުކަޒުގެ ޑިޒައިންވެސް ދައްކާލާފަ އެވެ.
އިގުރާދޫ އާ ހެލްތު ސެންޓަރު ޑިޒައިން
ސިއްހީ ދާއިރާގެ ހިދުމަތްތައް ލާމަރުކަޒުކޮށް ކޮށް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރީގެ ހެލްތު ސެންޓަރުތަކަށްވުރެ ޒަމާނީ ފެންވަރުގައި މިއަހަރު 10 ރަށެއްގެ ހެލްތު ސެންޓަރު އެޅުމަށް ވަނީ ނިންމާފައެވެ.
އާ ހެލްތް ސެންޓަރުތައް އިމާރަތްކުރަން ހަމަޖެހިފައިވާ ރަށްރަށަކީ :
ސިއްހީ މަރުކަޒުގެ ޑިޒައިނެއް
މިނިސްޓްރީން އިތުރަށް ބުނީ، މިއަހަރު ބަޖެޓް ކުރެވިފައިވާ އިތުރު ހޮސްޕިޓަލް ތަކާއި ހެލްތު ސެންޓަރުތައް އިމާރްތްކުރުމަށް ޓެންޑަ އަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށެވެ.
އާ ހެލްްތު ސެންޓަރުތައް ޓެންޑައަށް ފޮނުވާފައިމިވަނީ، މަސައްކަތްތައް ނުފެށިގެން މިނިސްޓަރު ނަސީމް މަޖިލީހަށް މިދިޔަ އެޕްރީލް މަސްތެރޭ ހާޒިރުކޮށްފައި ވަނިކޮށެވެ.
އެދުވަހު މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ފަރާތުން ރަށްރަށުގައި ހަދަމުންދާ ހޮސްޕިޓަލުތަކުގައި އިރާދަކުރެއްވިއްޔާ އިތުރު ފުރާޅާއި އެކްސްޓެންޝަން ނުލާ 2040 އާއި ހަމަޔަށް ބޭނުންކުރެވޭނެ ކަމަށެވެ.
އެގޮތަށް މިނިސްޓަރު ވިދާޅުވީ، ގާތްގަނޑަކަށް 32 އަހަރުވެފައިވާ މުލީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އޮތީ 40 އެއްހާ ފުރާޅުކަމަށް ސިފަކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ ހޮސްޕިޓަލުގައި ވާރޭ ހިޔާވާނެ ގޮތެއް ވެސް ނެތްކަމަށާއި، އެއިން ކޮންމެ ފުރާޅެއްގެ ދަށުން ފެން ލީކުވަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެހެންވެފައިވަނީ، އެތިކޮޅުކޮޅުން އެތިކޮޅުކޮޅުން މަސައްްކަތް ކޮށްފާ ހުރުމުން ކަމަށެވެ.