ads
ކަންބޮޑުވާ މީހުންގެ އާންމު އާދަތައް
އަހަރުމެން އެންމެންވެސް ކަންކަމާ މެދު ކަންބޮޑުވެ، ހާސްވެއެވެ. އަދި މިއީ ގިނަ ހާލަތްތަކުގައި، ހައްލުތަކާ ހަމައަށް ވާސިލުވެ، ސްޓްރެސް ލެވެލް ލުއިކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް ވަގުތުކޮޅަކަށް ކަންބޮޑުވެ ހާސްވުމަކީ ނަފްސާނީ އެހީތެރިކަން ހޯދަން ޖެހޭ އެންޒައިޓީ ޑިސްއޯޑާއަކާ ތަފާތު ކަމެކެވެ.
Advertisement

ކަންބޮޑުވެ ހާސްވުމަކީ ހިތްނުތަނަވަސްވާ ފަދަ އިހުސާސެކެވެ. އަދި މި ހާލަތުގައި އުޅޭއިރު، ބިރުވެރިކަމާއި، ނުތަނަވަސްކަން ފަދަ އިހުސާސްތަކާ ކުރިމަތިލާން ޖެހެއެވެ. އެ އިހުސާސްތަކަކީ، އަހަރުމެންނަށް ރަނގަޅު ނިންމުންތައް ނިންމަން އުނދަގޫވާ ފަދަ އިހުސާސްތަކެކެވެ.

ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި ސްޓްރެސް ވާ ކަންކަމާއި އުނދަގޫ ހާލަތްތައް ކުރިމަތިވެއެވެ. މި ފަދަ ހާލަތްތަކުގައި ކަންބޮޑުވުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް، ކަންބޮޑުވުމުގެ ތެރޭގައި ހުރުމުގެ ސަބަބުން ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް އެންމެ ފުރިހަމަކޮށް ނުކުރެވޭ ފަހަރު ގިނަވެގެންދެއެވެ.

ކަންބޮޑުވުމާއި ހާސްކަން ތަހައްމަލު ކުރަން ދަސްވުމަކީ އުފާވެރި އަދި ފުއްދުންތެރި ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލިޔުންތެރިޔާ އަދި ސައިކޯތެރަޕިސްޓް ސާރާ ކުބެރިކް ބުނާ ގޮތުގައި ކަންބޮޑުވުމުގެ ތެރޭގައި ހިނގާ ބައެއް އާންމު އާދަތައް ވެސް އެބަހުއްޓެވެ. 

މީހުން ކަންބޮޑުވާ އިރު، ސައިކޮލޮޖިސްޓުގެ ނަޒަރުގައި އާންމު ގޮތެއްގައި އެމީހުން ކުރާ ކަންތައް ތިރީގައި އެވަނީއެވެ.

- ބަލާފައި ހުރި ޓީވީ ޝޯތައް އަލުން ބެލުން: ކަންބޮޑުވެގެން އުޅޭއިރު ދަންނަ އެއްޗެއް ބެލުމުން ހިތްހަމަޖެހުން ލިބެއެވެ.

- ނިންމުންތައް ނިންމުމުގެ ކުރިން ވެލިޑޭޝަން ހޯދުން: ކަންބޮޑުވާ މީހުން އެމީހުންގެ ނިންމުންތަކަށް އިތުބާރު ނުކޮށް ބޭރުން ރުހުން ހޯދަން މަސައްކަތްކުރެއެވެ.

- މަސައްކަތް ލަސްކުރުން ނުވަތަ މަސައްކަތާއި ދުރުވުން: ކަންބޮޑުވާ މީހުން އިތުރަށް ސްޓްރެސް ވުމުން ދުރުހެލިވުމަށް ޓަކައި ކަންކަން މަޑުޖައްސާލައެވެ.

- އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ނުވަތަ ސަމާލުކަން ގެއްލުވާލުމަށް މަސައްކަތް ކުރުން: ސޯޝަލް މީޑިއާ އަކީ ތިބާގެ ސިކުނޑީގެ ސަމާލުކަން އަތުލައިގަނެ، ތިބާގެ އެއްވެސް މައްސަލަ އަކީ ނެތް އެއްޗެއް ކަމުގައި ހަދައިލާ އެއްޗެކެވެ.

- އެންމެ ފަހު މިނެޓުގައި ޕްލޭންތައް ކެންސަލް ކުރުން. 

- ވިސްނުމެއް ނެތި ނިންމުންތައް ނިންމުން: ކަންބޮޑުވާ ހާލަތުގައި، އެންމެ ނުބައި ނަތީޖާ އެއް ލިބުމުގެ ވިސްނުން ގެންގުޅެ، އެމީހުންނަށް ކަންކަން ރަނގަޅަށް ނުދާނެ ކަމަށް ހީކުރެއެވެ.

- ތިބާ އެހެން މީހުން ތަޖުރިބާ ކުރާ ގޮތާއި މެދު ވިސްނުމުގެ ބަދަލުގައި އެހެން މީހުން ތިބާ ތަޖުރިބާ ކުރާ ގޮތާއި މެދު ވިސްނުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް