ads
ޖާންވީ ކަޕޫރު--
ޖާންވީގެ އުއްމީދަކީ ޖިމަށްދާ ސޯޓުގެ ވާހަކައަށް ވުރެ ފިލްމުތަކުގެ ވާހަކަ ދެއްކުން!
ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރަށް އެންމެ ބޮޑަށް ޕަޕަރާޒީންގެ އުނދަގޫ ބޮޑުވަނީ އޭނާ ޖިމުން ނިކުންނަ ވަގުތުތަކުގަ އެވެ. ޖިމަށް ދާއިރު އޭނާ ހެދުން އެޅުމުގައި ގެންގުޅޭ ގޮތްގަނޑު ކަމުގޮސް އެވާހަކަ އެންމެން ވެސް ދައްކަމުން އަންނައިރު ޖާންވީ މިވަނީ އޭނާ ކުރަމުން އަންނަ ބޮޑު އުއްމީދެއް ހިއްސާކޮށްފަ އެވެ.

އެގޮތުން ޖާންވީ ބުނީ އޭނާ ޖިމަށް ދިއުމަށްލާ ހެދުމާއި ސޯޓުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާގެ ފިލްމުތަކުގެ ވާހަކަ ދައްކާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރާ ކަމަށެވެ. 

ޖާންވީ އިތުރަށް ބުނީ އޭނާ މިހާތަނަށް ފެނިގެން ދިޔައީ ކަރަން ޖޯހަރުގެ ދަޅަކް އިން ނަމަވެސް އޭނާގެ އިތުރު މަސައްކަތްތައް ބެލުންތެރިންނާއި ހަމައަށް އައުމުން އޭނާގެ ފިލްމުތަކުގެ ވާހަކަ ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

ޖާންވީ ކަޕޫރު، ޖިމަށް ދާއިރު މާކުރު ސޯޓުލާތީ އެކަމާއި ބަތަލާ ކެޓްރީނާ ކައިފް ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޭނާގެ ދައްތަ ސޯނަމް ކަޕޫރު ވަނީ ޖާންވީގެ ދިފާއުގައި ނިކުމެފަ އެވެ. 

އުމުރުން 22 އަހަރުގެ ޖާންވީ ބޮލީވުޑަށް ނެރެދީފައިވަނީ ވެސް ކަރަން ޖޯހަރެވެ. އޭނާގެ ފުރަތަމަ ފިލްމުގެ އެކްޓިންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ކަރަން ޖޯހަރު ހުރީ ޖާންވީގެ ފިލްމީ ކެރިއަރު އުޖާލާކޮށްދޭން ވެސް ތައްޔާރަށެވެ.

ޖާންވީގެ ކުރިއަށް ހަތަރު ފިލްމެއް އެބަ އޮތެވެ. އެއީ ދޯސްތާނާ 2 އަކާއި ތަހުތު އަދި ރޫހީ އަފްޒާނާ އާއި ގުންޖަން ސަކްސޭނާ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް