ads
ކެޓްރީނާ ބަނޑުބޮޑު!؟
ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ކައިވެންޏަކީ ޝައްކެއްވެސް ނެތް ގޮތުގައި ވިކީ ކައުޝަލް އަދި ކެޓްރީނާގެ ކައިވެންޏެވެ. އެދެމީހުން ކައިވެނިކުރީީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ކައިވެނީގެ ކަންކަން ކުރިއަށްދިޔައީ އެހާމެ ސިއްރުންނެވެ. އެކަމަކު ހަބަރުތަކުގައި އެވާހަކަ މާކުރިންސުރެ ސުރުހީ އަޅަމުންދިޔައެވެ. 

ކައިވެނިކުރުމާއި ހަމަޔަށް އެ ހަބަރުތަކަކީ ދޮގު ހަބަރުތައް ދިޔައީ ދޮގުކުރަމުންނެވެ. 

މިހާރު ދެމީހުންގެ ކައިވެންޏަށް ދެމަސް ވެގެން ދިޔައިރު، އަނެއްކާ ބޭރުގެ ހަބަރުތަކުގައި ކެޓްރީނާ ބަނޑުބޮޑު ކަމުގެ ސުރުހީތައް އަޅަން ފަށައިފި އެވެ. 

ބޮލީވުޑުގެ ހަބަރުތައް ގެނެސްދޭ ހަންގާމާ ނިއުސް ކެޓްރީނާގެ ގާތްމީހަކާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ކެޓްރީނާގެ ބަނޑަށް ދެމަހެވެ. 

ތެދެއް ދޮގެއް ނޭނގެއެވެ. ވިކީއާއި ކެޓްރީނާ ކުރިއެކޭވެސް އެއްގޮތަށް ވަކިއެއްޗެެއް ނުބުނެއެވެ. 

ހަންގާމާގެ އެ ޕޯސްޓުވެސް މިހާރު ޑިލީޓުކޮށްލާފައިވާއިރު، ކެޓްރީނާގެ ޓީމާއި ހަވާލާދީ އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި  ކެޓްރީނާ ބަނޑުބޮޑެއް ނޫނެވެ. އެދެމަފިރިން ހުރިހާ ފޯކަސް އެއް އަދި އޮތީ މަސައްކަތަށެވެ.

ކައިވެނީގެ ކުރިން ރަށްޓެހިވެގެން އުޅޭކަމުގެ ހަބަރުތައްވެސް ދިޔައީ މިފަދަ ގޮތަކަށެވެ. އެއަށްފަހު ކައިވެނީގެ ހަފްލާ އޮންނަތަނާއި، ގެސްޓުންގެ ލިސްޓުގެ ތަފްސީލަށް ދަންދަން ބޭރުގެ ހަބަރުތަކުން ރިޕޯޓުކުރަމުންދިޔައިރުވެސް އެވާހަކަތައްވެސް އޮތީ ދޮގެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް