ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް -- ފޮޓޯ: ދި އެޑިޝަން
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން 11 އިންސައްތަ ދަށަށް
ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދު 11 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް ކުރިން ކަނޑައެޅީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. 

އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް 11 އިންސައްތަ އަށް ދަށަށް ގޮސްފައި ވާކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެނީ، 1.6 ފަތުރުވެރިން ކަމަށް މިނިސްޓަރު ވަނީ ބުނެފައެވެ. 

"2019 ވަނަ އަހަރަށް ވުރެ 11 ޕަސެންޓް ދަށްކޮށް މި ދަނީ. އެ 11 ޕަސެންޓަކީ ސީދާ ރަޝިއާ-ޔޫކްރެއިން މާކެޓުން ދަށްވި 11 ޕަސެންޓޭ ވެސް ބުނެވިދާނެ. އެއީ ރަޝިއާ-ޔޫކްރެއިން 20 ޕަސެންޓް ހިއްސާކުރޭ. މިހާރު ރަޝިއާ ހިއްސާ ކުރަނީ 10 ޕަސެންޓް،"

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެ ގައުމު ތަކުން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް އެހެން ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ކަނޑައެޅިފައިވާ އަމާޒަށްވުރެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްތައް ކުރަމުން އަންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް