ads
އެމްޑީޕީން ކޮންގްރެސް
"ޗެއާޕާސަން އިންތިހާބު" ވޯޓުލެވޭނީ ހަމައެކަނި ރާއްޖޭގައި: އެމްޑީޕީ
އެމްޑީޕީގެ އެންމެ ބޮޑު އިންތިހާބު "ޗެއާޕާސަން އިންތިހާބު" ގައި މިފަހަރު ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، އިންތިހާބުގައި ވޯޓުލުމަށް އެޕާޓީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެ ނިމިފައިވާ ކަމަށެވެ. 

މި އިންތިހާބުގައި ރާއްޖެއިން ބޭރުގެ އެއްވެސް ތަނެއްގައި ވޯޓުލެވިދާނެތޯ ސީއެންއެމްއިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މަނިކު ވިދާޅުވީ ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓުފޮށި ބަހައްޓަން ނިންމާފައި ނުވާނެ ކަމަށެވެ. 

" ވޯޓުލުން އޮތީ ހަމައެކަނި ރާއްޖޭގައި. ބޭރުގެ އެއްވެސްތާކު ވޯޓު ފޮށްޓެއް ނުބަހައްޓާނެ. " މަނިކު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ޗެއަޕާސަން އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ ލަންކާގައެވެ. ނަމަވެސް މިފަހަރު އިންތިހާބާއި ދިމާކޮށް ލަންކާގައި މިވަގުތު އޮތް ހަމަނުޖެހުމާއި ހެދި ވޯޓު ލެވޭނެ ފަހި މާހައުލެއް ލަންކާގައި ނެތެވެ.

މަނިކު ވިދާޅުވީ، މި އިންތިހާބާއި ގުޅިގެން ޝަކުވާ ހުށައަޅަން ތިން ނަމްބަރެއް ހާއްސަކޮށްފައިވާ ކަމަށެވެ. އެ ތިން ނަމްބަރަކީ 7250021، 7250031، 7250040 އެވެ. 

މި އިންތިހާބުގައި ގާތްގަނޑަކަށް 94،211 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ. މި އިންތިހާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 281 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. 

މި އިންތިހާބުގައި އެމީހަކު ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާނަމަ ވޯޓު ލެވޭނީ މާލެއަށް އެކަނި ކަމަށްވެސް މަނިކު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް