އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ކުޅޭނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މި މަހުގެ އަށާރަވަނަ ދުވަހުން ފެށިގެން ސައުވީސްވަނަ ދުވަހަށެވެ. ގްރޫޕް ޑީގައި މާޒިޔާއާއި އެކު ވާދަކުރާނީ އިންޑިޔާގެ ޗެމްޕިއަން ގޯކުލާމް ކެރެލާއާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސް އަދި ޕްލޭ އޮފުން ކޮލިފައިވީ އިންޑިޔާގެ އޭޓިކޭ މޯހަން ބަގާންއެވެ.
މި ހަތަރު ޓީމުގެ ތެރެއިން ގޯކުލާމް ކެރެލާ ނޫން އަނެއް ތިން ޓީމަކީ މި ދިޔަ އަހަރު މާލޭގައި އޮތް، އޭއެފްސީ ކަޕުގައި ވާދަކުރި ޓީމުތަކެވެ. މި ދިޔަ އަހަރު އޮތް ގްރޫޕް ސްޓޭޖު ކާމިޔާބުކޮށްގެން އަނެއް ބުރުން ފުރުސަތު ހޯދީ އޭޓީކޭއެވެ.