ads
އާޒިމް ރައީސް ސާލިހުއާ އެކު
އާޒިމަށް މެދު ނުކެނޑި ހަނދާންކޮށްދޭން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރ އަލީ އާޒިމް އިހައްދުވަހު ކުރެއްވި ޓްވީޓަކާ ގުޅިގެން އެއްޗެއް ދަންނަވައި ނުލައި އަޅުގަނޑަށް ހަމަ ކެތް ނުވީއެވެ.

އާޒިމް ކުރެއްވި ޓްވީޓުގައި ވަރަށް ސާފުކޮށް ވިދާޅުވެފައި އޮތީ، ރައްޔިތުން ވޯޓުދިނީ އެމްޑީޕީއަށް ކަމަށާއި ކޯލިޝަން އަކަށްނޫން ކަމަށެވެ. އެކަމަކު އާޒިމްގެ މި ޓްވީޓާ އެކު އާޒިމަށް މިކަންކަން އެބަ ހަނދާންކޮށްދޭން ޖެހެއެވެ. ރައްޔިތުން އެމްޑީޕީއަށްވެސް ވޯޓު ދިނެއެވެ. ތެދެކެވެ، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ސިޔާސީ މޫވްމެންޓް ކަމާމެދު ސުވާލެއް ނެތެވެ. އެކަމަކު ރައްޔިތުން ވޯޓު ދިނީ އެމްޑީޕީއަށް ނޫންކަން އާޒިމްއަށް ހަނދާންކޮށްދޭން ޖެހެއެވެ.

ދެހާސް އަށްވަނަ އަހަރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު މަލްޓި ޕާޓީ އިލެކްޝަންގައި އެމްޑީޕީން ނުކުތީ، "ކުޑަކުޑަ" ގައުމީ އިއްތިހާދާއެކުއެވެ. އެހެންކަމުން ރައީސް ނަޝީދަށް ދެހާސް އަށްވަނަ އަހަރު ލިބުނު ހަމަ ކޮންމެ ވޯޓަކީ، ކުޑަކުޑަ ގައުމީ އިއްތިހާދުގެ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށްވެސް ލިބިވަޑައިގެންނެވި ވޯޓެކެވެ.

އެންމެ ފުރަތަމަ މަލްޓި ޕާޓީ އިލެކްޝަނުން ފެނުނު ހަގީގަތަކީ، އެމްޑީޕީއާ ގައުމީ އިއްތިހާދު އެކުވެގެން ނުކުން ކެންޑިޑޭޓުންނަށް ރައީސް މައުމޫން ބަލިކޮށް ވެރިކަމަށް އާދެވޭ ވަރެއް ނުވިއެވެ. އެހެންކަމުން ޖެހުނީ، އިންތިޚާބުގެ ދެވަނަ ބުރަކަށް ދާށެވެ. ރައީސް ނަޝީދަށް އެންމެ ފުރަތަމަ ވެރިކަމަށް އާދެވުނީ، ގާސިމް އިބްރާހީމާ، ޑރ. ހަސަން ސައީދު އަދި އަދާލަތު ޕާޓީގެ އެހީތެރިކަމާއި އެކު ހެދި ކޯލިޝަނުންނެވެ. އާޒިމް އޭރު ހުންނެވީ އެމްޑީޕީގައި ނޫން އެކަން ނޭނގެނީ ކަމެއް ނުވަތަ، މިހާރު ހަނދާން ނެތީ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ބޭނުންވަނީ މި އާޓިކަލް މެދުވެރިކޮށް، ރައްޔިތުން ވޯޓު ދިނީ ކޯލިޝަނަކަށްކަން ހަނދާން ކޮށްދޭށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަންވާނެ.

ދެން އައީ ދެހާސް ތޭރަވަނަ އަހަރުގެ އިންތިޚާބެވެ. އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބުތަކަށް ފަރިތަ، އަދި އެހާމެ ފޯރި ގަދަ ޕާޓީއެކެވެ. އެކަމާ ދެބަސްވާނެ އެކަކުވެސް ނުހުންނާއެވެ. ދެހާސް ތޭރަވަނަ އަހަރުގެ އިންތިޚާބަށް ފޯރީގައި ނުކުމެ އެމްޑީޕީއަށް ވެރިކަމަށް އާދެވޭ ގޮތެއް ނުވިއެވެ. އެމްޑީޕީ މި ފަހަރު ބަލިވިއިރު، ދެހާސް ތޭރަވަނަ އަހަރުގެ އިންތިޚާބު ރައީސް ޔާމީނަށްވެސް ކާމިޔާބު ކުރެވުނީ ކޯލިޝަނެއްގެ ހިޔަލުންނެވެ. ގާސިމް އިބްރާހީމާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ އެހީތެރިކަމާއެކު ރައީސް ޔާމީން ދެހާސް ތޭރަވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމުން އަނެއްކާވެސް ދަސްވި ފިލާވަޅަކީ ދިވެހިން ވޯޓު ދިނީ ކޯލިޝަނަކަށް ކަމަށެވެ. އަޅުގަނޑު ގަބޫލު ކުރާ ހިތް އޮތީ އާޒިމަށް އެކަން ހަނދާން ހުންނާނެކަމަށެވެ. ހަނދާން ނެތްނަމަ މި އާޓިކަލްގެ ޒަރީއާއިން އެކަން އާޒިމަށް ހަނދާންވާނެ ކަމަށް އުއްމީދު ކުރަމެވެ.

https://www.facebook.com/cnm.mv/videos/1753580524981264

ދެން އޮތީ މިހާރު މި ހިނގަމުންދާ ވެރިކަމެވެ. ދެހާސް އަށާރަވަނަ އަހަރު އިންތިޚާބުވި، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމެވެ. މި ވެރިކަމަކީވެސް އާޒިމްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ކޯލިޝަނަކަށް ރައްޔިތުން ލީ ވޯޓުގެ ނަތީޖާއެވެ. މިދިޔަ ތިން ރިޔާސީ އިންތިޚާބުންވެސް އެނގުނު އެންމެ ބޮޑު ހަގީގަތަކީ ރައްޔިތުންގެ ވޯޓުން ވަކި ޕާޓީއެއް އެކަނި ނުކުމެ ވެރިކަމަށް އާދެވޭ ވަރުގެ ތާއީދެއް އެއްވެސް ސިޔާސީ ލީޑަރަކަށް ނެތް ކަމެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާހެން ރައްޔިތުން ބުނަނީ އެކަނި ތިޔަކަން ކުރާން ނޫޅޭށެވެ.

އަޅުގަނޑު ނިންމާލުމުގެ ކުރިން، ދެހާސް އަށާރަވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އަދި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް ފަހު ގަލޮޅު ރަސްމީ ދަނޑުގައި ހުންނަވައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅުން ތަންކޮޅެއް އަކުރުން އަކުރަށް ކޯޓު ކޮށްލާނަމެވެ. އާޒިމްއަށް ހަނދާންވާނެ ކަމަށް އުއްމީދު ކުރަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދު ހަނދާން ބަހައްޓަންވާނެ.

80%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް