މި ޝޯ ހޯސްޓުކުރުމުގައި އޭނާއާ އެކު އުޅެނީ މުނައްވަރު ފާރޫގީ އެވެ. މި ޝޯގައި މަޝްހޫރު ހަތް ދެމަފިރިން ބައިވެރިވެ، އެމީހުންގެ ގުޅުންތައް ތަފާތު މަޖާ ގޮންޖެހުންތައް ތަޖުރިބާ ކުރެއެވެ.
އަދި އޭނާ އުއްމީދުކުރަނީ، ޝޯ ބެލުންތެރިންނަށް ހޯސްޓިން ކަމުދާނެ ކަމަށެވެ.
ސޮނާލީ މި ޝޯއާ ގުޅުނީ، މި ޝޯއިން ކައިވެންޏަށް އަހަންމިއްޔަތުކަން ދީ، ކައިވެނީގެ ގުޅުން އާލާކުރާތީ އެވެ.
ކައިވެންޏަކީ އޭނާ ވަރަށް ވަރުގަދައަށް ގަބޫލުކުރާ ކަމެކެވެ. މި ޝޯ ކޮންމެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ދައްކަ އެވެ. މީ ގިނަ ބައެއްގެ މަގުބޫލުކަން އޮންނަ ޝޯއެކެވެ.