ads
ސާއިލް އަށް އަނިޔާ ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ގްރޫޕަކުން ސާއިލްއަށް އަނިޔާކުރީ ކީއްވެ ކަމެއް ނޭނގޭ: މަންމަ
ށ. މިލަންދޫ ސްކޫލް ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދަރިވަރު އިބްރާހީމް ސާއިލް އަށް އަނިޔާކުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް ސާއިލްގެ މަންމަ ބުނެފިއެވެ.
Advertisement

ސީއެންއެމް އަށް މައުލޫމާތު ދެމުން މިރޭ ސާއިލްގެ މަންމަ މަރިޔަމް އަގީލާ ބުނީ ސާއިލްއަކީ ބޭރުތެރޭގައި މާގިނަ ވަގުތުވެ ހޭދަ ކުރާ ކުއްޖެއް ނޫން ކަމަށެވެ. 

" ސްކޫލަށް ގޮއްސަ އަންނާނެ 12:25 ގަ. ދެން ނަމާދަށް ގޮއްސަ ފުރަތަމަ ދާނީ ދިވެހި ޓިއުޝަނަށް . ދެންދާނީ ބިޒްނަސްއާ ހިސާބު ކިޔަވަން. ވަރަށް މަޑުމަޑުން ހުންނަކުއްޖެއް . އެއްގޮތަކަށްވެސް ނޭނގެ ތަޅައިގަންނަން ޖެހުނު ސަބަބެއް" ސާއިލްގެ މަންމަ އަގީލާ ބުންޏެވެ. 

އަގީލާ ބުނީ ސާއިލް، އެހާދިސާ ހިނގި ބުދަދުވަހު ދިޔައީ ފުނަދޫއާ މިލަންދޫ ވާދަކުރި ފުޓްބޯޅަ މެޗެއް ބަލަން ކަމަށާއި އެތާނަގައި ހުއްޓާ އަންނާށޭ ކިޔާފައި ސާއިލް ވަލަށް ވެއްދުމަށް ފަހު ތަޅަން ފެށީ ކަމަށެވެ. 

"ވަލަށް ވެއްދި ގޮތަށް ތަޅަން ފަށައިފި ކަމަށް ދަރިފުޅު ބުނީ. އެތަނުން ނުކުމެވޭނެ ގޮތެއް ނެތްކަމަށްވެސް ބުނި." ހަތަރު ކުދީންގެ މަންމަ އަގީލާ ބުންޏެވެ. 

ސާއިލްގެ މަންމަ އަގީލާއާއި ބައްޕަ ޒުހުރީ އަށް ހަތަރު ދަރީން ލިބިފައިވެއެވެ. އޭގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ވަނީ ޑިގްރީ ނިންމާފައެވެ. ދެންތިބި ދެދަރީން ސްކޫލް ނިންމުމަށްފަހު ވަޒީފާ އަދާ ކުރަނީ ރިސޯޓުތަކުގައެވެ. ސާއިލްއަކީ އެންމެ ހަނގު ދަރިފުޅެވެ. 

އަގީލާ ބުނީ އެމައްސަލަ ޖެހުނު ދުވަހު ސްކޫލް އޮފީހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. 

މިލަންދޫ ކައުންސިލުން ދާދި ދެންމެއަކު ވަނީ އެކަމާ ގުޅޭ ބައްދަލު ވުމެއް ބާއްވާފައެވެ.

މިލަންދޫ ކައުންސިލް ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މާދަމާ ޖެންޑާ މިނިސްޓްރީގެ ޓީމެއް އެމައްސަލައާ ގުޅިގެން އެރަށަށް ދާނެ ކަމަށެވެ. އަދި އެމައްސަލައަކީ އެކުދީންގެ މެދުގައި ހިނގި ކަމެއްގައި އެރި އޮޅުމެއްގެ ސަބަބުން ހިނގި ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ހިނގިގޮތް ސާފު ކޮށް އެނގޭނީ ޖެންޑާ މިނިސްޓްރީން ބެލުމަށްފަހު ކަމަށެވެ. 

ރާއްޖޭގައި ކުޑަކުދީން ކުއްކުރުން ދަނީ އިތުރުވަމުންނެވެ. 

6%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް