ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމަޔަށް ވޯޓުލުން ކުރިއަށްދާނެ މި އިންތިހާބުގެ ވޯޓުފޮށިތައް މުޅި ރާއްޖޭގައި ޖުމްލަ 281 ފޮށި ބެހެއްޓާފައިވެއެވެ.
އެއީ ރަށްރަށުގައި، 194 އަދި މާލޭ ސަރަހައްދުގައި 87 ފޮއްޓެވެ. މާލޭ ސަރަހައްދުގައި 15 ސަރަހައްދެއްގައި ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ.
ދެފެކްޝަނަކަށް އޮތް އެމްޑީޕީތެރޭ ޗެއަކަމަށް ވާދަވެރި ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއުކުރުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުންނެވީ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން އެކަހެރި ނުކުރުމުގެ އަޒުމުގައެވެ.
ޗެއަޕާސަން އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެެވެ. ސަބަބަކީ މިއިންތިހާބަކީ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ގޮތެއް ނިމިގެންދާނެ އިންތިހާބަކަށް ވުމެވެ.
ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ވާދަވެރި ކެމްޕެއިންތަކެއް ކޮށްފައިވާއިވާއިރު، ދެފެކްޝަނެއްގައި އޮތް އެމްޑީޕީން ފާހަގަކުރަނީ ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނެ ގޮތެއް ނިންމުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އިންތިހާބަކަށް މި އިންތިހާބު ވެގެން ދާނެ ކަމަށެވެ.
ނަޝީދާއިއެކު އަޅުގަނޑު ވަރަށް މަސައްކަތް ކުރައްވާ ހިތްވާ ބޭފުޅެއް، އަޅުގަނޑަށް އެކީގަ މަސައްކަތް ކުރެވޭނެ އަތް ވަނީ ހުޅުވިގެން: ފައްޔާޒް
ރައީސް ސޯލިހް އަށް އޮތް އިތުބާރު، ފެނިއްޖެ: ފައްޔާޒް
ނަތީޖާއާއި ދޭތެރޭ މައްސަލައެއް ޖެއްސޭ ވަރަށް ވުރެ މާބޮޑު ތަފާތަކުން މެމްބަރުން ގޮތް ނިންމަވާފަ މިއޮތީ: ފައްޔާޒް
އަޅުގަނޑެއް ނުދެކެން މިއީ އަޅުގަނޑަށް ދިން ވޯޓެއް ކަމަކަށް. މިއީ ސަރުކާރާއިއެކު ޕާޓީ އޮވެގެން ރިޔާސީ އިންތިހާބު ހޯދަން ބޭނުންވާކަން އަންގަން އެމްޑީޕީ މެމްބަރުން ޕާޓީގެ ހުރިހާ ލީޑަރުންނަށް ދިން މެސެޖެއް: ފައްޔާޒް
ދެބައިވުމެއް ނުބާވާނަން، އިންތިހާބުތެރޭ ވާދަވެރިން ދެއްކި ވާހަކައެއްވެސް އަޅުގަނޑުގެ ހިތަކު ނެތް. އެކީގައި މަސައްކަތް ކުރައްވޭނެ: ފައްޔާޒް
އެމްޑީޕީ މެމްބަރުން ދައްކަވާދިނީ ރައީސް އަށް އިތުރު ދައުރެއް ދޭން ބޭނުންވާ ކަން: ފައްޔާޒް
ފައްޔާޒުގެ މިވަގުތު ދަނީ ނޫސްވެރިންނާއި ބައްދަލުކުރައްވަމުން
ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކެމްޕެއިން ތެރޭ ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ މިއީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އޮތް ގޮތް އެނގޭނެ އިންތިހާބެއް ކަމަށް
އެމްޑީޕީތެރޭ ޗެއަކަމަށް ވާދަވެރި ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއުކުރުމަށް ކަމަށް ކެމްޕެއިން ތެރޭގައިވެސް ވަނީ ވިދާޅުވެފަ
އިންތިހާބު ކާމިޔާބު ކުރުމަށްފަހު ފައްޔާޒު ވިދާޅުވީ އެއީ ފައްޔާޒަށް ދިން ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ 2023ގައިވެސް ރައީސް ސޯލިހުގެ ސަރުކާރު ބޭނުންވާ ކަމުގެ ހެއްކެއް ކަމަށް.
ފަހުގެ ތާރީހެއްގައި އެންމެ ވާދަވެރިކަން ބޮޑުވި އެންމެ މުހިންމު އެތެރޭގެ ރައީސް ސޯލިހް ފެކްޝަނުގެ "އެމްޑީޕީ ހިންގާލަން" ޓީމުން، އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިންތިހާބު ކާމިޔާބުކޮށްފި އެވެ.
ފައްޔާޒު އިންތިހާބު ކުރެއްވީ ވަގުތީ ނަތީޖާއިން ދައްކާގޮތުން 8000ގެ ތަފާތަކާއިއެކު ކުރީގައި އޮވެ، 28520 ވޯޓުންނެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 58 އިންސައްތަ އެވެ.
އިންތި ލިބިފައިވަނީ 20855 ވޯޓެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ.
ރައީސް ސޯލިހް ފެކްޝަނުން "އެމްޑީޕީ ހިންގާލަން" ޓީމުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ބޮޑު ތަފާތަކުން އެ މަގާމު ހޯއްދަވާފި
ރައީސް ސޯލިހް ފެކްޝަނުން "އެމްޑީޕީ ހިންގާލަން" ޓީމުން، އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ޗެއަޕާސަން ކަން ޔަގީން ވެއްޖެ
ބާކީ އެންމެ 6 ފޮށި
މިހާތަނަށް ފައްޔާޒަށް 28215 ވޯޓު
އިންތި އަށް 20693 ވޯޓު
ބާކީ 40 ވޯޓު ފޮށި
މިހާތަނަށް ފައްޔާޒަށް 25094 ވޯޓު(57 އިންސައްތަ)
މިހާތަނަށް އިންތިއަށް 19030 ވޯޓު( 43 އިންސައްތަ)
ގައްދޫ ދާއިރާގެ މާލެ ފޮށި، ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ގުނަން ފެއްޓިއިރު މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އިސްތިއުނާފު ފަނޑިޔާރު މަޖިލިސްގެ ރައީސާއި އިންތިހާބާއިބެހޭ ކޮމެޓީގެ މުގައްރިރުގެ ބެއްލެވުމުގެ ދަށުން އަލުން ގުނަން ފަށައިފި
ފައްޔާޒަށް ޗެއަޕާސަން ކަން ކާމިޔާބު ކުރެވިއްޖެ ކަން ފައްޔާޒުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު އިއުލާން ކުރައްވައިފި.
ބާކީ 89 ވޯޓު ފޮށި
މިހާތަނަށް ފައްޔާޒަށް 20504 ވޯޓު(58 އިންސައްތަ)
މިހާތަނަށް އިންތިއަށް 14315 ވޯޓު( 42 އިންސައްތަ)
ފައްޔާޒަށް މިހާތަނަށް 17766 ވޯޓު
އިންތިއަށް މިހާތަނަށް ލިބިފައިވަނީ 11969 ވޯޓު
ބާކީ 112 ވޯޓުފޮށި
އިންތިހާބު ފައްޔާޒަށް ކާމިޔާބު ވެއްޖެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ފައްޔާޒަށް މަރުހަބާ ކިޔަމުން
100އަށްވުރެ ގިނަ ވޯޓުފޮށި ގުނިއިރު، 15643 ވޯޓު ލިބި 5754 ވޯޓުގެ ތަފާތާއިއެކު، ފައްޔާޒު ކުރީގައި، އިންތިއަށް މިހާތަނަށް ލިބިފައިވަނީ 9889 ވޯޓު
"ޝަކުވާ އެބަހުރި ވަރަށް ގިނަ ގޮތްގޮތުންވެސް. މިއަދު އަޅުގަނޑަށް އިހަވަންދޫއިން އަންހެނަކު ގުޅީ. ވިދާޅުވީ އޭނަ ( އެ އަންހެންމީހާ ) ބަލަން ހުއްޓައި 5 ވޯޓުކަރުދާސްކޮޅު ދީފައޮތީ. ބަލިވެއްޖެއްޔާ ބަލި ގަބޫލުކުރާނަން. އެކަމަކު ސުވާލު އުފެދޭ ބައިވަރު ކަންތައްތައް އެބަހުރި" އިމްތިޔާޒް ފަހުމީގެ ތަރުޖަމާން، އުނގޫފާރުދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
މާލޭގައި ހުރި ރ.މަޑުއްވަރީ ދާއިރާ ވޯޓު ފޮއްޓަކަށް ވެސް ގަނޑުކޮށް ވޯޓުއަޅާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ
"އެއްކޮށް ފަތްޖަހާފައިވާ ގިނަ ވޯޓު ކަރުދާސް ވަނީ އަޅާފައި. މިއީ އަޅުގަނޑުމެން ވޯޓުލުން ހުއްޓުވަން އެދިފައިވާ ފޮއްޓެއް" އިންތިގެ ޓީމު
އައިޑީކާޑު ގަތުމުގެ މައްސަލައެއްވެސް ހުށަހަޅާފައިވޭ
އިންތިގެ ކެމްޕެއިން މެނޭޖަރު ސީއެންއެމްއަށް ވިދާޅުވީ، ގަނޑުކޮށް ވޯޓު ކަރުދާސްތަކެއް އަޅާފައިވާކަން ފާހަގަކުރެވުނީ، ވޯޓުގުނަމުންދަނިކޮށް ކަމަށް. މައްސަލަ ހުށަހަޅާފައިވާ ކަމަށް
ގަލޮޅު މަދަރުސާގައި ބަހައްޓާފައިހުރި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު އެޅި މައްސަލައެއް ހޫނުވެއްޖެ
މި އިންތިހާބުގައި ޖުމްލަ 282 ފޮށި ބެހެއްޓިފައިވޭ، ބާކީ ނުގުނި އުޅެނީ 192 ފޮށި. އަދިވެސް ކުރީގައި އުޅެނީ ފައްޔާޒު.
ފައްޔާޒަށް 8107 ވޯޓު(ވޯޓުގެ 35 އިންސައްތަ)
އިންތިއަށް 4360 ވޯޓު(ވޯޓުގެ 35 އިންސައްތަ)
މި އިންތިހާބުގައި ޖުމްލަ 282 ފޮށި ބެހެއްޓިފައިވޭ، ބާކީ ނުގުނި އުޅެނީ 207 ފޮށި. ކުރީގައި އުޅެނީ ފައްޔާޒު.
ފައްޔާޒަށް 5408 ވޯޓު، އިންތިއަށް 3299 ވޯޓު
މިހާތަނަށް 43 ފޮށި ގުނުނުއިރު، ކުރީގައި އުޅުއްވަނީ ފައްޔާޒް. ފައްޔާޒަށް 2799 ވޯޓު، އިންތިއަށް 1460 ވޯޓު
މި އިންތިހާބުގައި ޖުމްލަ 282 ފޮށި ބެހެއްޓިފައިވޭ، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ދަނީ އިއުލާން ކުރުމުން
ވޯޓު ގުނުން އަދި ނަތީޖާ އިއުލާން ކުރުން ވެސް ކުރިއަށް ދަނީ އެ ވޯޓުފޮށްޓެއްގެ ކައިރީގައި
ނަތީޖާ އިއުލާން ކުރަން ފަށައިފި
ވޯޓުފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ފަށައިފި
ހަތަރަކަށް ވަގުތު ކަނޑައަޅާފައި އޮތް އިންތިހާބުގެ ވޯޓުލުން 18:00 އާއި ހަމަޔަށް ދިގުދަންމާލައިފި. މިގޮތަށް ނިންމާފައިވަނީ ބައެއް ތަންތަނުގައި ވޯޓުލުން ފެށުން ލަސްވުމުގެ ސަބަބުންނާއި، މޫސުން ގޯސްވުމުގެ ސަބަބުން ވަގުތު ފާއިތުވިއިރުވެސް ގިނަ ބަޔަކަށް ވޯޓުލެވިފައި ނުވާތީ ޝަކުވާތައްވެސް ކުރިމަތިވަމުން ދާތީ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދަނިކޮށް ވޯޓުލާން ދިޔަ މީހަކު ފ.ނިލަންދޫގައި ވޯޓުކަރުދާސް ދައްކައިފި. މި އިންތިހާބުގައި ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި، ވޯޓު ކަރުދާސް އެހެންމީހުންނަށް ދެއްކުމަކީ އެ މީހެއްގެ ވޯޓު ބާތިލްކުރެވިދާނެ ކަމެއްކަމަށް އެމްޑީޕީގެ އިންތިހާބާއިބެހޭ ކޮމެޓީން ވަނީ ފާސްކޮށްފަ.
ޗެއަ ކަމަށް ވާދަކުރައްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވޯޓުލައްވައިފި އެވެ. އިންތި ވޯޓު ލެއްވީ ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށް
އެމްޑީޕީގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި.
ރައީސް ސޯލިހު ވޯޓުލާން ދަރުމަވަންތައަށް ވަޑައިގެން ވޯޓުލެއްވީ، 10:30ގަ، އަދި ރައީސް ނަޝީދު ވޯޓު ލެއްވީ އޭގެ ކުޑައިރުކޮޅެއް ކުރިން ޖަމާލުއްދީންގައެވެ.
ސޯލިހު ވޯޓުލާން ދަރުމަވަންތައަށް ވަޑައިގެންފި
ރައީސް ނަޝީދު ވޯޓު ލައްވައިފި
އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ފައްޔާޒު އިސްމާއިލް ވޯޓު ލައްވައިފި
ފައްޔާޒް އިސްމާއިލް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިވަގުތު އިންނެވީ ޖަމާލުއްދީން ސްކޫލުގައި ވޯޓުލާން ވަޑައިގެން
ޗެއަ ކަމަށް ވާދަކުރައްވާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވޯޓުލާން ވަޑައިގަންނަވާނީ 11:00 ޖަހާއިރު، ހިރިޔާ ސްކޫލަށް
ޗެއަ ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވޯޓުލާން ވަޑައިގަންނަވާނީ 10:00 ޖާހައިރު، ޖަމާލުއްދީން ސްކޫލަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލާން ވަޑައިގަންނަވާ ގޮތަށް އޮޮތީ ހެނދުނު 10:30 ގައި ދަރުމަވަންތަ އަށް
ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓުލެވޭ
އަންހެނުންގެ ގޮފީގެ އިންތިހާބުގައި 41،027 މެމްބަރުންނަށް ވޯޓުލެވޭ
ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން މިއަދު އަންހެނުންގެ ގޮފީގެ ރައީސް އާއި ޒުވާނުންގެ ރޫހުގެ ރައީސް ހޮވާނެ
އެމްޑީޕީގެ އިންތިހާބުގައި 94,000 މީހުންނަށް ވޯޓުލެވޭ