ads
އެމްޑީޕީ ޗެއަޕާސަން އިންތިހާބު: ވާދަވެރި 2 ކެންޑިޑޭޓުން ވޯޓުލައިފި
އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރައްވާ، "އެމްޑީޕީ ހިންގާލަން" ޓީމުގެ ކެންޑިޑޭޓު ފައްޔާޒު އިސްމާއިލް އާއި، "ތިލަފަތުގެ ރަމްޒު" ކެމްޕެއިން ޓީމުގެ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް، ވޯޓު ލައްވައިފި އެވެ.

ފައްޔާޒު ވޯޓުލެއްވީ 10:00 ޖެހިއިރު، ޖަމާލުއްދީންގައި ހުރި މައްޗަން ގޯޅި އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އިންތި ވޯޓު ލެއްވީ 11:00 ޖެހިއިރު، ހިރިޔާގައި ހުރި މާފަންނު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

މުޅި ރާއްޖެ ވަށާ ޖެއްސުމަށްފަހު، އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރާ އިކޮނަމިކް މިނިސްޓަރު ފައްޔާޒުގެ "އެމްޑީޕީ ހިންގާލަން" ޓީމުން ކުރި ކެމްޕެއިން ނިންމާލީ މިދިޔަ އަންގާރަ ދުވަހު އެވެ. 

ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ކޮޅުމަޑުލުން ކެމްޕެއިން ނިންމާލުމަށްފަހު ފައްޔާޒު އެދުވަހު ވިދާޅުވީ، މުޅިރާއްޖޭގައި ތިބީ އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެމްބަރުން ކަމަށެވެ.

އެމްޑީޕީ ހިންގާލަން ކެމްޕެއިން ޓީމުގެ ކެންޑިޑޭޓު ފައްޔާޒު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް މި އިންތިހާބުގެ ކެމްޕެއިންތެރޭގައި ވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ ވެސް އަންނަ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ހޯދައިދިނުމުގެ މަސައްކަތް ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން، ތިލަފަތުގެ ރަމްޒު ކެމްޕެއިން ޓީމުގެ ވާދަވެރި އަނެއް ކެންޑިޑޭޓް އިމްތިގެ ކެމްޕޭން ވެސް މިމަހުގެ އެއްވަނަ ދުވަހު އެވެ. އޭނާވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއް ވަށާ ޖައްސާފައެވެ. އެ ކެމްޕެއިން ނިންމާލީ ހދ. މަކުނުދޫ އިން ނެވެ. 

ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ވާދަވެރި ކެމްޕެއިންތަކެއް ކޮށް ވިދާޅުވެފައިވަނީ ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނެ ގޮތެއް ނިންމުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އިންތިހާބަކަށް މި އިންތިހާބު ވެގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް