ads
ފުލުހުންގެ މައި އިދާރާ
ޖިންސީ ގުނަވަން ދެއްކި އިންޑިއާ މީހާ ހައްޔަރު ކޮށްފި
މަސްތުގެ ހާލަތުގައި ހުރި ޖިންސީ ގުނަވަން ދެއްކި އިންޑިއާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ މީހާ ވަނީ ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގައި މަސްތުގެ ހާލުގައި ހުރެ ޖިންސީ ގުނަވަން ދައްކާ، އަންހެން ކުދިންގެ ފަހަތުން ދުވެފަ އެވެ. އެކަމާއި ގުޅިގެން އެވަގުތު އެތާ ތިބި އާއްމު ރައްޔިތުން ވަނީ އެމީހާ އަތުލާ ފުލުހުންނާއި ހަވާލު ކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ރޭ 21:57 ހާއިރު، މަސްތުގެ ހާލަތުގައި ހުރެ ޖިންސީ ގުނަވަންދައްކާ މީހުންގެ ފަހަތުން އުޅުނު މީހެއްގެ މައްސަލަ ހުށަހެޅުމުން ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހާ ހައްޔަރު ކޮށްފައި ވާކަމަށެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުން އެމީހާ އާޓިފިޝަލް ބީޗުގައި ހުރެ ޖިންސީ ގުނަވަން ދައްކަމުން ދިޔައީ މީހުން ގިނައިން ޖަމާވެފައި ވާ ތަންތަނުގަ އެވެ. 

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް