
ޝައިހް މުހައްމަދު ޔޫއޭއީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައި މިވަނީ، އެގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެންނެވެ.
އެގައުމުގެ ގާނޫނުއަސާސީގައި ވާގޮތުން، 30 ދުވަހުގެ ތެރޭގައިި ޔޫއޭއީގައި ހިމެނޭ ހަތް އެމިރޭޓްސްގެ ގަވަރުނަރުން ހިމެނިވަޑައިގަންނަވާ ފެޑެރަލް ކައުންސިލަކުން އާ ރައީސަކު ކަނޑައަޅަން ޖެހޭއިރު، އެމުއްދަތުގައި ގައުމު ހިންގަވާނީ، ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އެވެ.
މުހައްމަދު ބިން ޒައިދް ޔޫއޭއީގެ ރައީސް ކަމަށް އިންތިހާބު ކުރީ އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުންނެވެ.
2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔޫއޭއީގެ ރައީސްކަމާއި އަބޫދާބީގެ ވެރިކަން ވެސް ކުރައްވި ޝައިހް ހަލީފާ ބިން ޒައިދު އަވަހާރަވިއިރު، އުމުރުފުޅަކީ 73 އަހަރެވެ.