ads
އިމްތިޔާޒް ފަހުމީ: މިއަދު ވޯޓުލުމަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ: ފޮޓޯ ސީއެންއެމް
އިންތިހާބާބެހޭ ގިނަ ޝަކުވާތަކެއް ކޮމެޓީއަށް ވާނީ ހުށައަޅާފަ: އިންތިގެ ޓީމު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ފަރާތުން އިންތިހާބާއިބެހޭ ގިނަ ޝަކުވާތަކެއް ހުށައަޅައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ގޮތުގައި މިއަދު ބޭއްވި މި އިންތިހާބުގައި ވޯޓުލުން އޮތީ ހެނދުނު ނުވަޔަކުން ހަވީރު ހަތަރަކަށެވެ. ނަމަވެސް ފަހުން ވަނީ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމުގެ ވަގުތު އިރުއޮއްސި ހައެއް ޖަހަންދެން ކުރިއަށްގެންގޮސްފަ އެވެ. 

މިއަދު ހަވީރު އިންތިގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ވޯޓުލާ ވަގުތު އިތުރު ކޮށްފައިވާކަން ޕާޓީން އަންގާފައިވަނީ ވޯޓުލާ ވަގުތު ހަމަވިފަހުން ކަމަށެވެ. ނިޝާން ވިދާޅުވީ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އިންތިގެ ޓީމުން ވަނީ ވޯޓުލީ ވަގުތު ވޯޓަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން އައިޑީކާޑް ގަތުމާއި، ފައިސާ ބެހުމާއި، ނުފޫޒު ފޯރުވުމުގެ ޝަކުވާތައް ލިބިފައިވާކަން އިންތިގެ ޓީމުން ފާހަގަކޮށްފައިވެ އެވެ. 

އިންތިގެ ޓީމުން މިހާރުވަނީ މި ޝަކުވާތަކުގެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ އިންތިހާބާއިބެހޭ ކޮމެޓީއަށް ހުށައަޅާފަ އެވެ. 

ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގައި މިހާރު ކުރިއަށްދަނީ ވޯޓު ގުނުމުގެ މަސައްކަތްތަކެވެ. 

މުޅި ރާއްޖޭގައި 287 ވޯޓުފޮށި ބަައްޓާފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް