ads
ރޮޒެއިނާ އާދަމް މިއަދުގެ އިންތިހާބުގައި ވޯޓު ލަނީ
ޗެއާޕާސަން އިންތިހާބު: އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާއަކަށް ރޮޒެއިނާ
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއަކަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހޮވިވަޑައިގެންފި ކަމަށް އިއުލާނުކޮށް ވޯޓުދެއްވި ފަރާތްތަކަށް ޝުކުރުއަދާކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް މިއަދު ނެގި ވޯޓުގައި ރޮޒެއިނާ އާއި ވާދަކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ. 

ރޮޒެއިނާ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އެމްޑީޕީ މެންބަރުން ބޭނުންވަނީ އެމްޑީޕީ ހިންގާލަން" ކަމަށެވެ. އަދި ވަނީ "ވޯޓޫދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާ" ކަމަށް ވިދާޅުވެފަ އެވެ. 

ރޮޒެއިނާ ހިމެނެނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރި އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޓީމަށެވެ. 

އީވާ އަބުދުﷲ ހިމެނެނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ގެ ޓީމަށެވެ. 

މި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ވަގުތު ކުޑަތަންވެފައިވާއިރު މިހާރު ހުރި ނަތީޖާތައް ދައްކާގޮތުން ޗެއާޕާސަންގެ މަގާމު ފައްޔާޒު އިސްމާއީލް ވަނީ ބޮޑުތަނުން ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އެޕާޓީން އިއުލާނުކުރައްވަން ވަނީ ނިންމާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް