ads
ލިބުނު ކާމިޔާބީއަށްފަހު ފައްޔާޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ---
މިއީ އަޅުގަނޑަށް ދިން މެސެޖެއް ނޫން، ޕާޓީގެ ހުރިހާ ލީޑަރުންނަށް ދިން މެސެޖެއް: ފައްޔާޒް
ނިމިގެންދިޔަ އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި ލިބުނު ވޯޓަކީ ކެންޑިޑޭޓް ފައްޔާޒަށް ލިބުނު ވޯޓެއް ނޫންކަމަށާއި، އެއީ ސަރުކާރާއިއެކު އޮވެގެން ރިޔާސީ އިންތިހާބު ހޯދަން ބޭނުންވާކަން އެންގުމަށް ޕާޓީގެ ހުރިހާ ލީޑަރުންނަށް އާއްމު މެމްބަރުން ދިން މެސެޖެއް ކަމަށް ޗެއާޕާސަން ކަން ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށްފަހު، މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްވި އިންޓަވިއުގައި ވިދާޅުވީ، އާއްމު މެމްބަރުން ބޭނުންވީ ވާހަކަ ވޯޓުން ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށާއި، ރައީސް ސޯލިހް އާއިއެކު، ސަރުކާރުގައި އޮވެގެން ޕާޓީ ގުޅިގެން ހިންގާލަން ބޭނުންވާކަން ބުނެދީފައިވާ ކަމަށެވެ. 

"އަޅުގަނޑު އެއްވެސް ގޮތަކަށް ނުދެކެން މިއީ އެމްްޑީޕީގެ މެމްބަރުން އަޅުގަނޑަށް ދިން ވޯޓެއް ކަމަކަށް އިނގޭތޯ. އަޅުގަނޑު ހަމަ ދެކެނީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއިއެކީ މަސައްކަތް ކުރުން ކަން ބުނެދިނުމަށް ޕާޓީގެ ހުރިހާ އިސް ލީޑަރުންނަށް އާއްމު މެމްބަރުން ދިން މެސެޖެއްގެ ގޮތުގަ" ފައްޔާޒު ވިދާޅުވިއެވެ. 

ފައްޔާޒު ވިދާޅުވީ، ނަތީޖާއާއި ދޭތެރޭ މައްސަލައެއް ޖެއްސޭ ވަރަށް ވުރެ މާބޮޑު ތަފާތަކުން މެމްބަރުން ގޮތް ނިންމަވާފަ ވާކަމަށާއި، ކާމިޔާބީން އެންމެ ބޮޑަށް ބުނެދެނީ ރައީސް ސޯލިހްއާއި ދޭތެރޭ ޕާޓީގެ މެމްބަރުން ހިތްހަމަ ޖެހޭ ކަން ކަމަށެވެ. 

ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީ އޮތީ ބައިބައިވެފައި ނޫންކަމަށާއި، އެކީގައި މަސައްކަތް ކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި އެމަނިކުފާނުގެ އަތް ހުޅުވިފައި އޮތްކަން ފާހަގަކުރެއްވާ ވިދާޅުވީ، ކެމްޕެއިންގެ ތެރޭ ދެއްކި ވާހަކަތައް ހިތުގައި ލައިގެން ނޫޅޭނެ ކަމަށެވެ. 

ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވަގުތީ ނަތީޖާއިން ދައްކާގޮތުން 8000ގެ ތަފާތަކާއިއެކު ކުރީގައި އޮވެ، 28520 ވޯޓުންނެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 58 އިންސައްތަ އެވެ. އިންތި ލިބިފައިވަނީ 20855 ވޯޓެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ފެކްޝަނުން "އެމްޑީޕީ ހިންގާލަން" ޓީމުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ބޮޑު ތަފާތަކުން އެ މަގާމު ވަނީ ކާމިޔާބު ކުރައްވާފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް