ads
ރައީސް ފުރާވަޑައިގަންނަވަނީ---
ރައީސް ސޯލިހް ޔޫއޭއީ އަށް ފުރާ ވަޑައިގަންނަވައިފި
ރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވައިފި އެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ޔޫއޭއީގެ ރައީސް އަވަހާރަވެފައި ވާއިރު، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ޔޫއޭއިން ވަނީ، ތައުޒިޔާ ވިދާޅުވުމަށް އެކުވެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު އަރުވާފައެވެ. 

ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިހު އަލް މަރްހޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައެވެ.

ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވީ، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 73 އަހަރެވެ. ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން ވެރިކަމާއި ހަވާލުވެ ވަޑައިގަތީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރުވުމުންނެވެ.

އެމަނިކުފާނު އަވަހާރަ ވުމާއި ގުޅިގެން ޔޫއޭއީގެ އާ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރީ ހަލީފާ ބިން ޒައިދު އަލް ނަހްޔާންގެ އެއްބަފާ ކޮއްކޯފުޅު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ މުހައްމަދު ބިން ޒައިދް ޔޫއޭއީގެ ރައީސް ކަމަށް އިންތިހާބު ކުރީ އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލް އެކުލެވިގެންވަނީ ޔޫއޭއީގައި ހިމެނޭ ހަތް އެމިރޭޓްސްގެ ގަވަރުނަރުންގެ މައްޗަށެވެ. އެ ގައުމުގެ ގާނޫނު އަސާސީ ބުނާގޮތުން އެ ގައުމުގެ ރައީސް އަވަހާރަވާތާ 30 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިހާބު ކުރަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް