ads
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު ރަށެއްގެ އިންޖީނުގެއަކަށް ވަޑައިގެން ހިދުމަތްދޭ ގޮތް ބައްލަވާލައްވަނީ -- ފޮޓޯ: ފެނަކަ
27 އިންޖީނުގެ އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުން ކުރިއަށް އެބަދޭ: ފެނަކަ
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން 27 އިންޖީނުގެއެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
Advertisement
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން 27 އިންޖީނުގެއެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މިމަޝްރޫއުތައް ހިނގާ ރަށްތަކަކީ:-
ހއ. ތަކަންދޫ، ހއ. އުލިގަމު،
ހދ. ފިނޭ،
ށ. ޅައިމަގު، ށ. ނަރުދޫ، ށ. ފޯކައިދޫ، ށ. ބިލެއްފަހި،
ނ. މަގޫދޫ، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. މިލަދޫ، ނ. ކެނދިކުޅުދޫ،
ރ. ފައިނު،
ބ. ދޮންފަނު، ބ. ހިތާދޫ، ބ. ފުޅަދޫ،
މ. ވޭވަށް، މ. ނާލާފުށި،
ފ. ބިލެއްދޫ، ފ. ފީއަލި،
ދ. ހުޅުދެލި،
ތ. އޮމަދޫ،
ލ. މާމެންދޫ،
ގއ. ނިލަންދޫ، ގއ. މާމެންދޫ،
ގދ. ތިނަދޫ، ގދ. ނަޑެއްލާ

މީގެތެރެއިން ގިނަ ރަށްތަކުގެ އިންޖީނުގޭގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި މިރަށްތަކުގެ އާ އިންޖީނުގެތައް ހުޅުވާ، ހިދުމަތް ދޭން ފެށޭނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

ފެނަކަ އިން ބުނީ ގއ. ވިލިނގިލި، ރ. ރަސްމާދޫ އަދި ހއ. އުތީމުގެ އިންޖީނުގެތައް ވެސް އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އައްޑޫ ސިޓީގައި ސެންޓްރަލް ޕަވަ ޕްލާންޓެއް ގާއިމުކުރުމަށް މިދިޔަ އަހަރު ކަނޑައެޅި އަމާޒާ އެކު މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ އަށް ކަންކަން މިހާރު ގޮސްފައިވާ ކަމަށެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާނެ ކަމަށެވެ.

އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތު ދީފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް