
ކްރިމިނަލް ކޯޓް
ފަނޑިޔާރަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
މުހައްމަދު އާދަމް އަހްމަދު
14 މޭ 2025 - 11:00:38
ކޯޓެއްގެ ފަނޑިޔާރަކަށް ހަމަލާދީ، މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާއަކީ މި ބާވަތުގެ ކުށްތަކުގެ ރިކޯޑު އޮތް މީހެއްކަން ކޯޓު އަމުރުގައިވެއެވެ. އެ އަމުރުގައި ވަނީ މިއީ އެއް ފަނޑިޔާރަކަށް އެ މީހާ މާރާމާރީ ހިންގި ދެވަނަ ފަހަރުކަމަށެވެ.
އެހެންނަމަވެސް އެ މާރާމާރީގައި ހަމަލާ ދިނީ ކޮން ފަނޑިޔާރަކަށް ކަމެއް ކޯޓު އަމުރުގައި ބުނެފައެއް ނުވެއެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް