ads
މިނިސްޓަރު މާރިޔާ މަޖިލސްގައި ވާހަކަ ދައްކަވަނީ
އޮޅުހިޔާގައި 30 ބުޅާ، މިނިސްޓްރީގައި ސިޔާސީ މަގާމު 48
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާގައި ބަލަހައްޓާ ބުޅަލުގެ އަދަދަށް ވުރެ، މިނިސްޓްރީައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކަމަށް ޖަނާވާރާއި ބެހޭ މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ހުޅުމާލޭގައި ހުންނަ އޮޅު ހިޔާގައި މިވަގުތު ބަލަހައްޓަމުން އަންނަނީ 30 ބުޅާ ކަމަށެވެ. އަދި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު 48 އަކަށް އަރާކަމަށް މިނިސްޓާރު މާރިޔާ ވިދާޅުވިއެވެ.

އޮޅުހިޔާ ހުޅުވައިގެން އެތައް މަހެއް ވެގެން ދިޔައިރު މާލޭގެ މަގުތަކުން ބުޅާތައް ނަގައިގެން ނުގެންދާތީ މީހުންގެ ޝަކުވާ ބޮޑުވެފައިވާތީ  އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ބުޅާތައް ރަނގަޅަށް ގެންގުޅެވޭނެ ވަސީލަތް އޮޅުހިޔާގައި ނެތް ކަމަށެވެ. އަދި މާލޭގެ މަގުތަކުން ހުރިހާ ބުޅާތައް އޮޅުހިޔާތައް ގެންގޮސް ރަނގަޅަށް ބަލަހައްޓަން ފެށޭނީ އެކަމާ ގުޅޭ ހާއްސަ ގާނޫނު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށުމުން ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް