ads
އެމްޓީސީސީގެ ހެޑް އޮފީސް
އެމްޓީސީސީގެ އަަހަރީ އާންމު ޖަލްސާ މިމަހުގެ 19 ވަނަ ދުވަހު ކުރުބާ ރިސޯޓުގައި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
Advertisement

އެމްޓީސީސީން ބުނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކުރުބާ އައިލެންޑް ރިސޯޓުގައި ކަމަށެވެ. 

މިޖަލްސާ ގައި އެކުންފުނީގެ ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

މިޖަލްސާގައި ބައިވެރިވެވޭނީ 18 އޭޕްރީލް 2022 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި އެވެ. 

މިޖަލްސާގައި 2021 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުމާއި، 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުމުގެ އިތުރުން، ކުރިއަށް އޮތް ދައުރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން އިންތިހާބު ކުރުންވެސް އޮންނާނެކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. 

ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ކުންފުނި އެމްޓީސީސީން ދަނީ ރައްޔިތުންނާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް މާލެ ސަރަހައްދާއި، ރާއްޖެތެރޭގެ އެކި ރަށްރަށުގައި ހިންގަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް