ads
އެސްޓީއޯ ޕެޓްރޯލްޝެޑް
އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ 11 ބިލިއަނަށްވުރެ އިތުރު
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ލިބިފައި ވާކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އެސްޓީއޯއިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2020 ވަނަ އަހަރު ލިބުނު އާމްދަނީއަށް ވުރެ 32 އިންސައްތަ އިތުރު އަދަދެކެވެ. 

އެ ކުންފުނީގެ ރިޕޯޓުގައި ބުނެފައިވަނީ، އެ ކުންފުންނަށް ލިބުނު އާމްދަނީ އިތުރުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރުވުމުގެ ސަބަބުން އެ ކުންފުނިން ވިއްކާ ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، 26 އިންސައްތައް އިތުރުވުމުން ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ރަނގަޅުވުމަކީވެސް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.2 ބިލިއަން ރުފިޔާ އެވެ. މިއީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު، 41 އިންސައްތަ އިތުރު އަދަދެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އާމްދަނީ އިތުރު ވުމުގެ ސަބަބުން މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 1.5 ބިލިއަން ރުފިޔާ އެވެ. 

ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 487 މިލިއަން ރުފިޔާ އެވެ. މިއީ 2020 ވަނަ އަހަރު ލިބުނު އަދަދަށް ވުރެ 35 އިންސައްތައް އިތުރު އަދަދެކެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް