ads
މާޒިޔާ ކަލްކަތާގައި
އޭއެފްސީ ކަޕުގައި ކުޅޭ ޓީމްތައް ކަލްކަތާގައި
އޭއެފްސީ ކަޕް ގްރޫޕް ޑީގައި ކުޅޭ ހަތަރު ޓީމުވެސް ކަލްކަތާގައި ސްޓޭޝަންގެ އެންމެ ފަހުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ފެށޭނީ މާދަމާ ހަވީރުއެވެ. އެންމެ ފުރަތަމަ މެޗުގައި އިންޑިޔާގެ ޗެމްޕިއަން ގޯކުލާމް ކެރެލާ ނުކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ. އޭނގެ ފަހުން މާދަމާ ރޭ ބަންގަލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ކުޅޭނެއެވެ.

އޭއެފްސީ ކަޕްގް ގްރޫޕް ޑީގެ މެޗުތަކަށް ކަލްކަތާއަށް ހުރިހާ ޓީމެއްވެސް އައިސް ސްޓޭޝަންވެފައިވާއިރު، ގޯކުލާމްވަނީ ހުސްވި ހަފްތާ ތެރޭ ސޯލްޓް ލޭކްގައި ކުޅުނު އައި ލީގުގެ ފަހު މެޗު ކާމިޔާބުކޮށްގެން އަންނަ އަހަރުގެ އޭއެފްސީ ކަޕުންވެސް ޖާގައެއް ކަށަވަރުކޮށްފައެވެ. ކަލްކަތާއަށް މާޒިޔާއައީ ހުކުރު ދުވަހު އެވެ. ބަޝަންދުރާ ކިންގްސް ހޮނިހިރު ދުވަހު ކަލްކަތާއަށް އައިއިރު، އޭޓީކޭގެ ހޯމް ސްޓޭޑިއަމްއަކީ ކަލްކަތާގެ ސޯލްޓް ލޭކެވެ.

މެޗުތަކާ ގުޅޭ ޕްރީ މެޗު ޕްރެސް ކޮންފަރެންސްތައް އަދި ޓީމުތަކުގެ އޮފިޝަލް ޕްރެކްޓިސް މިއަދު ސޯލްޓް ލޭކް ސްޓޭޑިއަމްގައި އޮންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް