ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި
އދ. ދިގުރަށުގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މި މިސްކިތެއް ކަމަށާއި، މި މިސްކިތް އިމާރާތް ކުރުމަށް އެއްބަސްވެފައި ވަނީ، ހަތްމިލިޔަން، ތިއްލައްކަ ތޭރަހާސް ހަތްސަތޭކަ ހަތްދިހަ އަށް ރުފިޔާ ފަންސާސް ހަ ލާރި އަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށާއި، މި މަސައްކަތް 365 ދުވަސްތެރޭ ނިންމާ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އާއި ހަވާލު ކުރަންޖެހޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް