ވާދަވެރި މި އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. ފޯރިގަދަ މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވީ ފައްޔާޒް އިސްމާއީލް އެވެ.
މީގެ އިތުރުން އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. ރޮޒެއިނާ މި މަގާމަށް އިންތިހާބުވެވަޑައިގަތީ، ސަފާތު އަހްމަދު ޒާހިރުއާ ވާދަކޮށެވެ. އަދި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެފައި ވަނީ، ރިފްގާ ޝިޔާމް އެވެ. އޭނާ މި މަގާމަށް އިންތިހާބުވީ، މުހައްމަދު އަންސަރު އާއި ވާދަކޮށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ:
އެމްޑީޕީގެ ޗެއާޕާސަން:
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް:
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް
މި އިންތިހާބުގައި އިމްތިޔާޒް ފަހުމީގެ ޓީމުން ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެ ޕާޓީއިން އެ ފަރާތުން ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު އިންތިހާބަށް އަސަރު ކުރުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވަނީ ނިންމާފަ އެވެ.
އެމްޑީޕީއިން މައުލޫމާތު ދޭ ގޮތުގައި، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާތާ ހަތް ދުވަސްތެރޭ އެ ޕާޓީގެ މަގާމުތަކަށް އިންތިހާބުވި ފަރާތްތައް މަގާމުތަކާއި ހަވާލުވާނެ އެވެ.