ads
ސާއިލް އަށް އަނިޔާ ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލާގައި ހުރިހާ ކުޑަކުދިންނަށް ހަރުކަށި ފިޔަވަޅު!
ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ށ. މިލަންދޫގައި ހުރިހާ ކުޑަކުދިންނަށް ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ.

އެކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވުމާއި، ސްކޫލު ދަރިވަރުން މުހިންމު ބޭނުމެއް ނެތި ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނާތީ އާއި، މިފަދަ ޢަމަލުތަކަކީ އެ ދަރިވަރުން ކުށުގެ ވެށްޓަށް ހުށަހެޅިދާނެ ޢަމަލުތަކެއް ކަމުގައި ބެލެވޭތީ، އެކަން ހުއްޓުވައި، ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމުގެ މަގުސަދުގައި ރަށުގެ މުއައްސަސާތައް ގުޅިގެން ސްކޫލު ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނިޓަ ކުރުމަށް ނިންމާފައިވާކަން އާއްމުކޮށް އަންގައި އިޢުލާން ކުރާ ކަމަށެވެ. 

އެރަށު ސްކޫލްގެ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލް ކުރަމުންދާ އިބްރާހީމް ސާއިލަށް އަނިޔާ ކޮށްފައިވަނީ މިދިޔަ ބުދަދުވަހު ށ. ފުނަދޫ އާއި މިލަންދޫ ބައްދަލު ކުރި ފުޓްބޯޅަ މެޗެއް ބަލަން ގޮސް ހުއްޓާ ވަލަށް ވެއްދުމަށް ފަހު އެވެ.

ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ ސްކޫލު ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާ ގޮތް މޮނިޓަ ކުރުމުގެ ގޮތުން އަންނަނިވި ކަންކަން ތަންފީޒު ކުރުމުގައި ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި އާއްމުކޮށް ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން މުއައްސަސާތަކަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
1. ސްކޫލު ދަރިވަރުން، ކުޅިވަރުކުޅޭ ދަނޑުތައް ބޭނުން ކުރާ ގަޑިއަކީ ހަވީރު 4:00 އިން 06:00 އަށެވެ. މިނޫން ވަގުތުތަކުގައި، ޚާއްސަކޮށް ރޭގަނޑު ދަނޑަށް ގޮސް ކުޅެން އުޅުމަކީ މަނާ ކަމެކެވެ.
2. ކުޅެން ދިއުމަށް ކަނޑައަޅާފައިވާ ވަގުތު ފިޔަވައި އެހެން ވަގުތު ތަކުގައި ކުޅެން އުޅޭ ދަރިވަރުންނާއި، އަދި ކުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެކަމަށް އެކަށޭނަ ހެދުން (ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ޖާރޒީ ފަދަ ހެދުން) ބޭނުން ކުރުމުގެ ބަދަލުގައި ހަވީރީ ހެދުން ލައިގެން ކުޅެންދާ ދަރިވަރުން ގެއަށް ފޮނުވާލެވޭނެއެވެ.
3. މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރާއި އެތެރޭގައި ވާހަކަ ދައްކައި، ސަކަރާތްޖަހާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ.
4. ރޭގަނޑު އެކި ސަރަޙައްދުތަކުގައި (ޖޯލިފަތި، ބޯޅަދަނޑު، ރަންފަސް ބީޗް، ސިކުނޑި ކުޅި ފަދަ ތަންތަނުގައި، ގްރޫޕް ހަދާފައި،
ބެލެނިވެރިންނާއި ނުލައި އުޅޭ ދަރިވަރުން ގެޔަށް ފޮނުވާލައި، އެ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ.
5. ސްކޫލް ދަރިވަރުން، އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމަކީ މަނާކަމެކެވެ. އެފަދަ ތަންތަނަށް ދާނަމަ،
ދާންވާނީ ބެލެނިވެރިޔަކާއި އެކުގައެވެ. މިއާއި ޚިލާފުވާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ.
6. ސްކޫލު ދަރިވަރުން، އައުޓްޑޯރ ޖިމް ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ އެތަން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި
އެއްގޮތަށެވެ.އަދި އެގޮތުން ބެލެނިވެރިންނާއި ނުލައި އެތަނަށް ގޮސްއުޅޭ ދަރިވަރުން ގެއަށް ފޮނުވާލެވޭނެއެވެ.

7. ދަރިވަރުން ބައިސްކަލު ދުއްވާއިރު ދުއްވަންވާނީ އެކަމާއި ގުޅޭގޮތުން ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށެވެ. އެގޮތުން ބައިސްކަލުގެ ބުރެކި
ރަނގަޅުކަން ކަށަވަރުކުރުމާއި، ރޭގަނޑު ބައިސްކަލު ދުއްވާނަމަ، ލައިޓް ހަރުކޮށްގެން ދުއްވަން ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
މިއާއި ޚިލާފަށް ބައިސްކަލު ދުއްވާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ.
8. ހަފުތާ ބަންދުގައި ނުވަތަ އެނޫން ދުވަސްތަކުގައި ވިޔަސް ދަރިވަރުން މޫދަށް އެރެންވާނީ ބެލެނިވެރިއެއްގެ ހާޒިރުގައެވެ. އަދި ހުކުރު
ދުވަހު ހެނދުނުގެ ވަގުތުގައި މޫދަށް އެރޭ ދަރިވަރުން ލަސްވެގެން 10:45 ގެ ކުރިން މޫދުން އަރަން ވާނެއެވެ. މިއާއި ޚިލާފުވާ
ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ.
9. ސްކޫލު ދަރިވަރުންނަށް ފޯނު ދިނުމާއި، އެ ދަރިވަރުން ސޯޝަލް މީޑިއާ ބޭނުންކުރާގޮތާއިމެދު ބެލެނިވެރިން މިހާރަށްވުރެ އިތުރަށް
ހޭލުންތެރިވެ، ދަރިވަރުންގެ އެފަދަ ޢަމަލުތައް ގާތުން ބަލައި މޮނިޓަރ ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރަމެވެ.

82%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް