ads
ރައީސް ޔާމީން
ރައީސް ޔާމީން މިހާރު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވަނީ ދެ ސަބަބަކަށްޓަކައި!
ރާއްޖޭއަށް މިހާރު ބަރުލަމާނީ ނިޒާމެއް ގެންނަން ނުފެންނަ ކަމަށާއި އެއީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅު ވެއްޖެއެވެ.
Advertisement

ރައީސް ޔާމީން އަދަދުއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުރިހަމަވާން އެއްކަމަކީ އިންތިހާބު ކުރެވޭ ޕާޓީގައި ހުރެފައި ފަހުން އެހެން ޕާޓީއަކަށް ބަދަލު ވުމުގެ މައްސަލަ ކަމަށެވެ. ޔާމީން ވިދާޅުވީ އެގޮތަށް ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭފަދަ ގާނޫނެއް އޮންނަން ޖެހޭ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ޚުދު ޕީޕީއެމްގެ މެންބަރުން ވެސް އެއްބަސްނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

އެހެންވެ، ޔާމީން ވިދާޅުވީ ރާއްޖޭގައި އެކަން ނުކުރެވޭނެ ކަމަށެވެ. 

ރައީސް ޔާމީން ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ފައިސާއިން ރާއްޖޭގައި ކަންކަން ނިމޭކަމެވެ. އެހެން ވުމުގެ ސަބަބުން ބޭރުގެ ބަޔަކު ބޭނުންވެއްޖެނަމަ ވެރިކަން ވައްޓާލުމަކީ އުނދަގޫކަމަކަށް ނުވާނެކަން ޔާމީން ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ހުރިހާ ކަމެއް މިނިމެނީ ފައިސާއިން. ހަމަ މުއްސަނދި ބަޔަކު އަދި އަމްދުން ބޭރުގެ ބަޔަކު ، ބޭރުގެ ސަރުކާރަކަށް ވަރަށް ފަސޭހަ ވާނެ ރާއްޖޭގެ ސަރުކާރު ވައްޓާލަން އިނގޭތޯ." ރައީސް ޔާމީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ސަބަބު ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެއްޕާޓީއަކަށް ގިނަ ގޮނޑިތަކެއް ނުލިބޭނެ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބިފައވަނީ ނާދިރު ހާލަތެއް މެދުވެރި ވެގެންކަމަށެވެ. 

"ގަބޫލެއް ނުކުރެވޭ ނިޒާމް ބަދަލުކޮށްގެން މިކަން ކުރެވިދާނެ ކަމަކަށް. ހަމަ މިހާރުވެސް އެކިކަންކަމާ ބެހޭ ބޭރުގެ އެކި ފަރާތްތަކުން ލާރި ޕަންޕް ކުރަމުން ދެއްތޯ އެގެންދަނީ" ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމިން ވިދާޅުވި މަޖިލީހުގެ ގޮނޑިތައް އެއްވެސް ޕާޓީއަކަށް ތަފާތު ބޮޑުކޮށް ނުގެންދެވުމުގެ ނަތީޖާއަކަށް ވާނީ ބޭރުގެ ނުފޫޒު ތަކުން ފަސޭހަ ކަމާއެކު ސަރުކާރު ބަދަލު ކުރުން ކަމަށެވެ. 

" މިސާލަކަށް ދިހަވަރަކަށް ފަނަރަ ވަރަކަށް ގޮނޑި ކުރި ހޯދަފާނެ އެއްޕާޓީ އަކުން. އެކަމު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ގޮނޑި ހޯދައިގެން ވެރިކަން ބަދަލު ކުރެވެންޏާ ބާރުގަދަ މުއްސަނދި ގައުމަކަށް އެއީ އުނދަގޫ ކަމެއް ނޫ ދެއްތޯ ކުރަން" ޔާމީން ވަދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އޮންނަންވީ ދިވެހީންގެ ބާރު ހިނގާ ދިވެހި ވެރިކަމެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް