ads
މެސީ އަދި ބެކަމް
މެސީ ބެކަމްގެ އެމެރެިކާ ޓީމަށް
ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެޓް ހަމަވުމުން، ލަޔަނަލް މެސީ އަންނަ އަހަރު އެމެރިކާގެ އިންޓަރ މިއާމީ ޓީމަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިންޓަމިއާމީ އަކީ އިގިރޭސި ތަރި ޑޭވިޑް ބެކަމްގެ ކްލަބެކެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ ސީޒަނަށް ފަހު މެސީ އެމެރިކާގެ މޭޖަރ ލީގު ސޮކަރއަށް ބަދަލުވާނެއެވެ. މިކަމާ ގުޅޭ ގޮތުން ނުރަސްމީ ސިފައެއްގައި ބެކަމްއާ އެކު ބައެއް މަޝްވަރާތައް ކުރެވިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި މެސީ އެ ކްލަބަކަށް ބަދަލުވުމުގެ ކުރިން އެ ކްލަބުގެ ތިރީސް ފަސް ޕަސެންޓް ޝެއަރ ގަންނާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ބެކަމްއާ މެސީ ބައްދަލުވާ ފޮޓޯތަކެއް މި ހަފްތާ ތެރޭގައި ބެކަމް އާއްމުކޮށްފައިވެސްވެއެވެ.

ކެރިއަރުގެ ފަހުކޮޅުގައި އެމެރިކާއަށް ބަދަލުވާން ބޭނުން ކަމަށާއި އެމެރިކާއަށް ދިރިއުޅުން ބަދަލުކުރަން ބޭނުން ކަމަށްވެސް މީގެ ކުރިން ބައެއް އިންޓަރވިޔުތަކުގައި މެސީ ބުނެފައިވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މެސީގެ ވިސްނުން މިހާރު ހުރީ، އަންނަ ސީޒަނަށް ފަހު އެމެރިކާއަށް ބަދަލުވާށެވެ. ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް