ads
ލަންކާގެ މަޝްހޫރު ހައިސަން ޓީ
ލަންކާގެ ހައިސަން ޓީ ރާއްޖެއަށް
އަވަށްޓެރި ސްރީ ލަންކާގެ މަޝްހޫރު ސައިފަތް، ހައިސަން ޓީ ރާއްޖެއަށް އެތެރެކޮށް ވިއްކަން ފަށައިފިއެވެ.

ހައިސަން ޓީއަކީ، ސްރީ ލަންކާގެ މަޝްހޫރު ހައިސަން ޓީސް ޕްރައިވެޓް ލިމިޓެޑުގެ އުފެއްދުމެކެވެ. މިއީ ލަންކާއިން ދެހާސް ދެވަނަ އަހަރުން ފަށައިގެން އުފައްދަމުން އަންނަ ސައިފަތެކެވެ. މި ސައިފަތް ދުނިޔޭގެ ސާޅީސް ގައުމެއްގައި އެ ކުންފުނިން މާކެޓް ކުރަމުންދެއެވެ. އޭގެ ތެރޭގައި ޗައިނާއާ، އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިތުރުން ޔޫރަޕާ އެމެރިކާ އަދި މެދު އިރުމަތީގެ ގައުމުތައްވެސް ހިމެނެއެވެ.

ރާއްޖެއަށް ހައިސަން ޓީ އެތެރެކޮށް ހައިސަން ޓީ ރާއްޖޭގައި ވިއްކަނީ، އެކްސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރގެ ހައިސިއްޔަތުން ދޮންދީނާ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މި ހަފްތާގައި މާފަންނު އިހުސާން ފިހާރައިގައި ހައިސަން ޓީ އަންނަނީ ހާއްސަ އަގުތަކެއްގެ ވިއްކަމުންނެވެ.

މި ގޮތުން، ފަންސަވީސް ޕެކެޓް، ފަންސާސް ޕެކެޓް އަދި ސަތޭކަ ޕެކެޓުގެ ފޮށިތައް މި ވަގުތު ޚާއްސަ އަގުތަކެއްގައި މި ހަފްތާ ތެރޭ އިހުސާން ފިހާފައިގައި ހައިސަން ޓީ ވިއްކާނެއެވެ.

ދޮންދީނާ ޕްރައިވެޓް ލިމިޓެޑުން ވިއްކާ ހައިސަން ޓީ، އަދި އެ ކުންފުނީގެ އެހެން ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް