ads
ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކަދުރު ބަހަނީ ކޮންމެ 100 ގޭބިސީއަކަށް 26 ޕެކެޓު ކަދުރުގެ މަގުން
ރޯދަ މަހާއި ދިމާކޮށް ސައުދީއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހާނެ އުސޫލެއް އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.
Advertisement

މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ، މި އަހަރު ކަދުރު ބަހަން ނިންމާފައިވަނީ، އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ އުސޫލުން ކަމަށެވެ. އަދި މާލެ ސިޓީ އާއި، ކުޅުދުއްދުފުށި ސިޓީ އާއި، ފުވައްމުލަކު ސިޓީ އާއި، އައްޑޫ ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، ގޭބިސީތަކުން ކަދުރު ބަލާ އަންނަ ތަރުތީބުން ކަމަށެވެ. 

އެ މިނިސްޓްރީން ބުނީ، ކަދުރު ބަހާއިރު، އެންމެ އިސްކަމެއް ދޭނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. އަދި އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބެހުމަށްފަހު ބާކީ ހުންނާނީ ކޮންމެ 100 ގޭބިސީއަކަށް 26 ޕެކެޓު ކަދުރު ކަމަށާއި، އެ ކަދުރުތައް ބަހާނީ އެންމެ ފުރަތަމަ ބަލާ އަންނަ ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށާއި، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހުމަށް ހަމަޖެހިފައިވަނީ، އިސްލާމިކް މިނިސްޓްރީން ނެވެ. 

"ކަދުރާއި ހަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45 އިން 14:00 އަށް މިނިސްޓްރީއަށް ވަޑައިގަތުމަށް އެދެން. ކަދުރު ބަހާނީ 2022 މެއި 16 ވާ ހޯމަ ދުވަހުން ފެށިގެން 2022 މެއި 21 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް" އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ރޯދަމަސް ފެށުމުގެ ކުރިން ރާއްޖޭގައި ކަދުރު ބެހިނަމަވެސް އެކި ސަބަބުތަކާއި ހެދި މި އަހަރު ރާއްޖެއަށް ކަދުރު ލިބުނީ ރޯދަމަސް ނިމި ފިތުރު އީދުވެސް ނިމުނު ފަހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް