ads
އަދުހަމް މުހައްމަދު
ޓެކްސީ ޑްރައިވަރު ގާސިމްގެ މަރާ ގުޅިގެން އަދުހަމްގެ މައްޗަށް ދައުވާ އުފުލައިފި
ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އަދުހަމްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. 

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. 

 ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ހަމަލާ ވަޅިން ހަމަލާ ދެވުނު ކަމަށް އަދުހަމް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ. އަދި ގާސިމަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ. 

ގާސިމް މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް