ads
ފޮޓޯ: އެމްޓީސީސީ
28 އަހަރަށްފަހު ކާޑެއްދޫ ބަނދަރު ތަރައްގީ ކުރަން ފަށައިފި
ގދ. ކާނޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި އެވެ.

އެމްޓީސީސީއިން ބުނީ، ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށާފައި ވާކަމަށެވެ. 

މި މަޝްރޫއުގެ ދަށުން 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓު ހެދުން ހިމެނެ އެވެ. 

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

ރާއްޖޭގެ ދެކުނުގެ އެންމެ މުހިއްމު އެއާޕޯޓު ކަމަށްވާ ކާޑެއްދޫ ބަނދަރުން ބޮޑުބައެއް ވެއްޓިފައި ވަނީ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ޖެޓީ ބޭނުން ކުރާތާ 28 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، އެކަމަށް މީގެ ކުރިން ސަމާލުކަން ދީފައި ނުވެއެވެ. 

އެހެން ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ކާޑެއްދޫ ޖެޓީއިން 100 މީޓަރަށްވުރެ ބޮޑު ބައެއް ވެއްޓުމާއި ގުޅިގެން ސަރުކާރުން އެރަށުގެ ބަނދަރު މަރާމާތް ކުރުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފަ އެވެ. 

އެމްޓީސީސީއިން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު އެތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ސާވޭގެ މަސައްކަތް ފަށާފައެވެ. 

އެ އެއާޕޯޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާއްމުން ބޭނުން ކުރަމުން އަންނަ އެއާޕޯޓެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް