އަނިޔާވެފައިވަނީ އެ އިމާރާތުގައި މަސައްކަތް ކުރަން އުޅުނު ބިދޭސީ އަކަށް ކަމަށް މައުލޫމާތުލިބެ އެވެ.
އަނިޔާ ލިބުނު މީހާއަށް މިވަގުތު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް "ސީއެންއެމް" އަށް ވިދާޅުވީ މަސައްކަތް ކުރަމުންދާ ނަސަންދުރަ އިމާރާތުގެ ލިފްޓެއްވެއްޓިގެން މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 10:30 ހާއިރު ކަމަށެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.