ads
އެމްޓީސީސީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ
އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 2021ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ރޭ ފާސް ކޮށްފިއެވެ.

އެމްޓީސީސީގެ ހިއްސާޢަކަށް 3.50 ލާރި ބަހަން ނިންމާފައިވަނީ 2021 ވަނަ އަހަރުގެ ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބުމުންނެވެ. 

އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 191 މިލިއަން ރުފިޔާ އެވެ. 2020 ވަނަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ އެވެ. 

ކުރުބާ ރިސޯޓުގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާއަކަށް 3.50 ލާރި ބަހަން ފެންނަ ކަމަށް 396 ހިއްސާދާރަކު ވޯޓު ދީފައިވެ އެވެ. އަދި ނުފެންނަ ކަމަށް 257 ހިއްސާދާރަކު ވަނީ ވޯޓުދީފަ އެވެ.

ރޭގެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ދެ ޑިރެކްޓަރުން ކަނޑައަޅާފައިވާއިރު ޑިރެކްޓަރުންނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އިންތިހާބުވެފައިވަނީ 496 ވޯޓު ލިބިގެން މުހައްމަދު އިމްރާން އާދަމް އެވެ. 

ދެވަނަ އަށް އިންތިހާބުކުރި 462 ވޯޓު ލިބިގެން ނަސްރަތު މުހައްމަދެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް