ads
މަންކީޕޮކްސް
ކެނެޑާއިން ވެސް މަންކީޕޮކްސް ގެ އިތުރު ކޭސްތަކެއް ފެނިއްޖެ!
ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، މަންކީޕޮކްސްގެ ކޭސްތަކެއް ކެނެޑާއިން ވެސް ފެނިފައި ވާކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެފި އެވެ.

ކެނެޑާގެ ހެލްތު އޭޖެންސީއިން ބުނެފައިވާ ގޮތުގައި، މި ކޭސްތައް ފެނިގެން އެ އޭޖެންސީއަށް ރިޕޯޓް ކޮށްފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، މިއީ އެގައުމުން މި ނުރައްކާތެރި ބަލި ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ. މި ކޭސްތައް ފެނުނީ އެގައުމުގެ ކިއުބެކް ޕްރޮވިންސުން ކަމަށާއި، މިކަމާއި ގުޅިގެން އިތުރު 17 މީހެއް ގާތުން ބަލަމުން އަންނަ ކަމަށް އެ އޭޖެންސީއިން ވަނީ ބުނެފަ އެވެ. 

މިހާތަނަށް އެމެރިކާ، ޕޯޗުގަލް އަދި ސްޕެއިން އިންވެސް މި ނުރައްކާތެރި ބަލި ވަނީ ފެނިފަ އެވެ. އެމެރިކާއިން މި ވައިރަސް ފެނުމާއި ގުޅިގެން އެގައުމުގެ ހެލްތު ޑިޕާޓްމަންޓުން ބުނީ، މި ވައިރަސް ހުރި މީހަކީ، ކެނެޑާއިން އެގައުމަށް އެތެރެވި މީހެއް ކަމަށާއި، އޭނާގެ ފަރާތުން މި ބަލި އެހެން މީހުންނަށް ޖެހިފައި ވާކަމަށެވެ. 

އެމީހާގެ ފަރާތުން ބަލި ޖެހުނު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ. 

މި ބައްޔަކީ، ޖަނަވާރުންގެ ކިބައިން ޖެހޭ ބަޔެއް ކަމަށް ކުރިން ބެލެވިފައި ވީނަމަވެސް، މި ބަލި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ފުށުން އެހެން މީހުންނަށް ޖެހޭ ކަމަށް، އިނގިރޭސިވިލާތުގެ ޑޮކްޓަރުން ވަނީ ދާދިފަހުން ބުނެފަ އެވެ. 

އަދި މިކަމަކީ ފަރުވާއެއް އަދި މިހާތަނަށް ހޯދިފައި ނުވާ ބައްޔެއް ކަމުން މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި ކަމާއި އެކު ފެތުރިގެން ހިނގައިދާނެ ކަމަށް ގިނަ ޑޮކްޓަރުން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް