
އިދިކޮޅު ޕީޕީއެމުން އިސްނަގައިގެން، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ރައީސް ޔާމިން ދިރިއުޅުއްވާ ގެކޮޅުގައި ހަރުކުރި ބެނާއަށް ފުލުހުން ނެގީ ކޯޓު އަމުރަކާއެކުއެވެ. ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ އަމުރެވެ.
ރައީސް ޔާމީން މިހާރު އިންޑީޔާއާ ދެކޮޅުވެ، އަދި އިންޑިޔާ އައުޓް ކެމްޕެއިން އިސްކޮށް ލީޑު ކުރައްވާއިރު، އެ މަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު އިންޑިޔާއާ ބޮޑު ގުޅުމެއް ބޭއްވިއެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްވެސް ރައީސް ޔާމީން ކުރެއްވީ އިންޑިޔާއަށެވެ. އެހެންނަމަވެސް ފަހުން ޗައިނާއާ ގުޅުން ބަދަހި ކުރެއްވުމަށް ފަހު އިންޑިޔާއާ ފެއަށް އެމަނިކުފާނު ޖެހިވަޑައިގެންނެވިއެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައިފަ އެވެ.