ads
ނަޝީދު އަދި ލަންކާގެ ކުރީގެ ރައީސް ސިރިސޭނާ--
ނަޝީދު ލަންކާގެ ކުރީގެ ރައީސް އާއި ބައްދަލުކޮށް "ހެޕީ ލަންކާ" އަކަށް މަޝްވަރާކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދު، ސިރިސޭނާ އާ ބައްދަލު ކުރެއްވި އިރު ސްރީލަންކާގެ އިގްސޯދު ހަމަޔަކަށް އެޅުވުމަށް ބޭނުންވާ ބޭރުގެ ފައިސާ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ ނަޝީދު އައްޔަން ކުރެއްވާފަ އެވެ.

ސިރިސޭނާ އާއި ނަޝީދު ބައްދަލު ކުރެއްވީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މިބައްދަލު ކުރެއްވުމުގައި ލަންކާގެ ހާލަތާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ސިރިސޭނާ އާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިިދާޅުވީ، އެބައްދަލުވުމުގައި "މުސްތަގުބަލުގައި އުފާވެރި ލަންކާއަކަށް" ހެދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. 

އެގޮތުން މިވަގުތު ރައްޔިތުން ތިބި އުނދަގޫ ހާލަތާއި ގުޅޭގޮތުންނާއި، އެ ހާލަތުން އަރައިގަނެ "އުފާވެރި ލަންކާ" އަކަށް ހެދުމަށް ހުރިހާ ޕާޓީތައް އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ލަންކާގެ ކުރީގެ ރައީސް އާއި ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، އިއްޔެ ނަޝީދު ވަނީ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާ އެކު ވެސް ބައްދަލު ކުރެއްވުމެއް ބާއްވާފަ އެވެ.

އެބައްދަލު ކުރެއްވުމުގައި ނަޝީދު ވަނީ އެގައުމުގެ އިގުތިސާދު ހަމަޔަކަށް އެޅުވުމަށް ބޭނުންވާ ބޭރުގެ ފައިސާ ހޯދުމަށް އެހީވުމުގައި ހަރަކާތްތެރިވާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ހުށަހެޅުމެއް ވެސް ހުށަހަޅުއްވާފަ އެވެ. 

އެ ހުށަހެޅުން ގަބޫލުފުޅު ކުރައްވާ، ލަންކާގެ ބޮޑުވަޒީރު ވަނީ، އެމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި، ނަޝީދު އައްޔަންކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް