ads
ދަރަނބޫދޫގައި ރޭ މުޒާހަރާކުރަން ނުކުމެ ތިބި ބައެއް މީހުން: ފޮޓޯ ވަގުތު
ދަނރަބޫދު ފެނަކަ ހިންގުން ވަކި މީހަކާ ހަވާލުކުރުމުން މުޒާހަރާކޮށްފި
ފ. ދަރަނބޫދޫ ފެނަކަ ހިންގުން ވަކި މީހަކާއި ހަވާލުކުރުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ މުޒާހަރާކޮށްފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބުދުލް ހަމީދު އާދަމް ވިދާޅުވީ ވަޒީފާގެ ބިރުދައްކަނީ ކަމަށްބުނެ އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާފައިވާ ކަމަށެވެ. 

ކައުންސިލްގެ ރައީސް ވިދާޅުވީ މުޒާހަރާ ކުރި ފަރާތްތަކުން އަޑު އުފުލާފައިވަނީ ކައުންސިލް އިދާރާ ކައިރީގައި ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލުން އަޑުއަހާފައިވާ ކަމަށެވެ. 

" އެބޭފުޅުން އަޑު އުފުލަން ތިބީ ކައުންސިލް އިދާރާ ކައިރީގަ. އަޅުގަނޑުމެން ކައުންސިލުން އެބޭފުޅުންގެ ކަންބޮޑުވުން އަޑުއެހިން. އެއީ ފެނަކައިގެ މެނޭޖަރަކަށް ހުރި މީހާ ނޫން މީހަކަށް ރަށު ފެނަކަ ހިންގަން ހަވާލުކުރީމަ އެ އަޑު އުފުލަނީ. " ހަމީދު ވިދާޅުވި އެވެ.

your imageދަރަނބޫދޫގައި ރޭ މުޒާހަރާކުރަން ނުކުމެ ތިބި ބައެއް މީހުން ކައުންސިލާއި ބައްދަލުކުރަނީ: ފޮޓޯ ވަގުތު

ސީއެންއެމްއަށް މައުލޫމާތު ދެމުން ދަނބޫދޫގައި މުޒާހަރާ ކުރި ޓީމުގެ ބައިވެރިޔަކު ބުނީ ފެނަކައިގެ ހިންގުން އެހެން މީހަކާ ހަވާލުކުރުމަކީ އެތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އެމީހާ ބުނީ މެނޭޖަރަކަށް ހަމަޖެއްސި މީހަކީ މީހުންނަށް ވަޒީފާގެ ބިރު ދައްކައި ވަޒީފާއިން ބައެއް މީހުން ވަޒީފާއިން ވަކި ކުރާނެކަމަށްވެސް ބުނެފައިވާ ކަމަށެވެ. 

" މެނޭޖަރު ބަހައްޓާފަ އޮފީސް ހިންގަން އެ ހަވާލުކުރި މީޙަކީ އަހަރުމެން ބަލައިގަންނަ މީހެއް ނޫން. އެ މީހާ ބުނެފަ އޮތީ މިރަށު ކުދިންނާ ދިމާލަށްވެސް ވަކި ކުރާނަމޭ ވެސް. " މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ދަރަނބޫދޫގައި މުޒާހަރާކޮށް އަޑު އުފުލާފައިވަނީ އެރަށުގައި ދިރިއުޅޭ އެމްޑީޕީއަށް ނިސްބަތްވާ މީހުންނާއި ޕީޕީއެމްގެ ބައެއް މީހުން ހިމެނޭ ގޮތަށެވެ. 

ދަރަނބޫދުއަކީ އާބާދީގައި ގާތްގަނޑަކަށް 600 އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. 

15%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް