ads
މުހައްމަދު އިސްމާއިލް
ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއިލް އަނެއްކާ ވެސް ހައްޔަރުކޮށްފި
އިންޑިއާ އައުޓް ކެމްޕޭން ހިންގާތީ މިމަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. މިފަހަރުވެސް އޭނާ ހައްޔަރު ކުރީ އިންޑިޔާ އައުޓް ހަރަކާތްތައް ކުރިއަށް ގެންދާތީ އެވެ. 

މުހައްމަދު އިސްމާއިލް ހައްޔަރު ކުރުމާއި ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިފް ވިދާޅުވީ، މުހައްމަދު އިސްމާއިލް ހައްޔަރު ކުރިއިރު ގާނޫނީ ގޮތުން ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ނުވާ ކަމަށެވެ. 

މުހައްމަދު އިސްމާއިލް މިރޭ ހައްޔަރުކޮށްފައި ވާއިރު، މިމަހުގެ 18 ވަނަ ދުވަހު، ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކުގެ މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅުމަށް އެ އިދާރާއަށް ގޮސް ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. 

މުހައްމަދު އިސްމާއިލް އެފަހަރު ހައްޔަރު ކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާވައިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި "އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާތީ އެވެ. 

އަދި އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަށް އިންޑިއާގެ ގައުމީ ދިދައިގައި ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒުވާނޭހެން ލިޔެގެން ބެެނާތަކާއި ކުރެހުންތައް ތަކުރާރުކޮށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައިވާތީ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް