ކަލްކަތާގެސޯލްޓް ލޭކް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން ހަވީރު ހަތަރެއް ޖެހިއިރު ފެށި މެޗު ހުއްޓާލީ ދިހަވަރަކަށް މިނިޓުގެ ކުޅުމަށް ފަހުއެވެ. މެޗު ފެށުނު އިރުވެސް ކޮލްކަތާގެ ސޯލްޓް ލޭކް ސަރަހައްދު އޮތީ ބަނަކޮށެވެ. އެކަމަކު ބާރު ވަޔާއެކު ބޯކޮށް ވާރޭ ވެހެންފެށީ މެޗު ފެށުނުތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ.
ފުރަތަމަ އަައި ގަދަ ބާރު ވަޔާއެކު ސްޓޭޑިއަމްގެ އިޝްތިހާރު ބޯޑުތައް ވެއްޓުނެވެ. އެހެންވެ ކުޑަ ވަގުތުކޮޅަކަށް ހުއްޓާލުމަށް ފަހު އަނެއްކާވެސް މެޗު ފެށިއެވެ.
އެކަމަކު ދެވަނަ ފަހަރަށް އައި ގަދަ ވަޔާއި ކެރިއާއެކު ތަނެެއް ދޮރަށް ނުފެންނަ ވަރަށް ވާރޭ ވެހެން ފެށުމުން މެޗު ހުއްޓާލީއެވެ.
މެޗު ހުއްޓާލިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ.