ads
ޖޭސްމީން ރާއްޖޭގައި
ޖޭސްމީން ރާއްޖޭގައި
ކަލާސް އިން ދެއްކި ބިގްބޮސް އިން ގިނަ ބައެެއްގެ ސަމާލުކަން ހޯދި ޖޭސްމިން ބާޝިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ކަޑިންމަ ރިސޯޓުގަ އެވެ.

އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް މިއަދު ޖޭސްމީން ވަނީ ފޭނުންނާއި ހިއްސާކޮށްފަ އެވެ. ބެލެވޭ ގޮތުގައި އޭނާ ޗުއްޓީއަށް މިފަހަރު އައީ އާއިލާ އާއިއެކުއެވެ. 

ޖޭސްމީން އެންމެ ފުރަތަމަ ހިއްސާކުރީ ޕޫލް ފޮޓޯއެކެވެ. މަލާއިއެކު ބްރެކްފާސް ކާއެއްޗެހި އަޅާފައިވާ ޓްރޭއަކާއިއެކު އެ ފޮޓޯ ހިއްސާކޮށް އޭނާ ބުނީ އެއީ ކޮންމެހެންވެސް ރާއްޖޭގައި ކުރަންޖެހޭ ކަމެއް ކަމަށެެވެ.

މި ދަތުރުގައި ލޯބިވެރިޔާ އަލީ ގޯނީ ބައިވެރި ނުވީ ކީއްވެތޯވެސް ގިނަ ފޭނުން ދަނީ އަހަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކަކުން އަލީ ނުފެނެއެވެ. 

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަލީ އާއި ޖޭސްމީން ވަރަށް އަވަހަށް ކައިވެނި ވެސް ކުރާނެ އެވެ. މީޑިއާ ރިޕޯޓުތައް މިހެން ބުނަމުންދަނީ މިފަހުން ޖޭސްމީން ގެއެެއް ގަނެފައިވަނިކޮށެވެ.

އެ ގޭގައި އަލީ އާއި ޖޭސްމިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އަލީ ވަނީ ޖޭސްމީންއަށް މަރުހަބާ ކިޔާފައެވެ. އަދި އެ ގެ ގަތުމަށް ޖޭސްމީން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި އެކަމަށް ފަހުރުވެރިވާ ކަމަށް އަލީ ބުނެފައިވެެއެވެ.

އެ ޕޯސްޓަށް ކޮމެންޓުކޮށް ޖޭސްމީން ބުނެފައިވަނީ އެ ގެއަކީ ދެ މީހުންގެ ގެ ކަމަށެވެ. 

އޭގެ ފަހުން އަލީގެ އިންސްޓަ ސްޓޯރީގައި ވެސް އަލީ ވަނީ އޭނާ މީހަކާއި އިންނާނީ ކޮން ދުވަހަކުންތޯ ކުރެވޭ ސުވާލަށް ޖަވާބުދީފަ އެވެ. އެ ސުވާލުގެ ޖަވާބެެއްގެ ގޮތުގައި އިނީ "އިން އަ ފިއު ޑޭސް"(ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި) ކަމަށެވެ. 

އޭގެފަހުން އޭނާގެ ރަހުމަތްތެރިއެެއް ވެސް އެ ސްޓޯރީ ހިއްސާކޮށް ބުނެފައިވަނީ "ސޫން"(ވަރަށް އަވަހަށް) ކަމަށެވެ. 

ގިނަ އަދަދެއްގެ ޓީވީ ޝޯތަކުން ފެނިފައިވާ 30 އަހަރުގެ ޖޭސްމިން ވަނީ ނާގިން އާއި ވާނަމް އަދި ދިލް ސޭ ތަކާއި ދިލް ތޯ ހެޕީ ހޭ ޖީ ފަދަ ޝޯތަކުން ފެނިފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް