ads
އަންހެނަކު މޫނުގައި މޮއިސްޗަރައިޒިން ލޯޝަން އުނގުޅަނީ-- ފޮޓޯ: ލޮރިއަލް ޕެރިސް
ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް ކުރެވިދާނެ ފަސް ކަމެއް!
ޒުވާންކަން މަތީ ދެމި ހުރުމަށް ބައެއް މީހުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ސާޖަރީތައް ހެދުމާއި، އަގު ބޮޑު އެކި އުފެއްދުންތައް ބޭނުންކޮށްގެން ވެސް ހަމުގައި ހުންނަ ރޫތައް ދުއްވާލުމަކީ މިއަދު ދުނިޔޭގައި އާ ކަމެއް ނޫނެވެ.

ޒުވާންކަން ގެއްލެމުންދާ ވަރަކަށް އޭގެ ފުރަތަމަ ނިޝާންތައް އެންމެ ބޮޑަށް ފެންނަން ފަށަނީ މޫނުންނެވެ. އެހެންކަމުން މޫނާއި މުޅި ހަށިގަނޑު ޒުވާންކަން މަތީ ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ. 

  1. ރަނގަޅު ތަކެތި ކެއުން: ޒުވާންކަން މަތީ ހުރުމަށް އެމީހަކު ކާ ތަކެތި ބޮޑު ދައުރެއް އަދާ ކުރެ އެވެ. ޕްރޮސެސްޑް ނުވަތަ ތައްޔާރީ ކާނާއާ ދުރުވެ، ތާޒާ މޭވާ އާއި ތަރުކާރީ އަދި އެކި ބާވަތުގެ ބަދަން ކެއުމުގައި ހިމެނުމުން އެންޓިއޮކްސިޑެންޓް ލިބޭ މިންވަރު އިތުރުވާނެ އެވެ.
  2. ސަންސްކްރީން ބޭނުން ކުރުން: އެސްޕީއެފް ލެވެލް ރަނގަޅު ސަންސްކްރީން ލޯޝަނެއް ބޭނުން ކުރުން މުހިއްމެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހޫނުގަދަ ގައުމެއްގައި އުޅޭއިރު، އަބަދުވެސް ސަންސްކްރީން ފުޅި ދަބަހުގައި ބާއްވާށެވެ. ބޭރަށް ނިކުތުމުގެ 15 މިނެޓު ކުރިން މި ލޯޝަން ގައިގައި އުނގުޅާށެވެ.
  3. ހަމުގެ ތެތްކަން ދެމެހެއްޓުން: ހަމުގެ ތެތްކަން ދެމެހެއްޓޭ ނަމަ، އެއީ ހަމުގެ ސިއްހަތު ރަނގަޅުކަމުގެ ނިޝާނެކެވެ. މިކަމަށް އެންމެ ރަނގަޅު ގޮތަކީ ގިނައިން ފެން ބުއިމެވެ. އަދި ރަނގަޅު "މޮއިސްޗަރައިޒިން" ލޯޝަނެއް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރުމެވެ.
  4. ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުން: އުމުރުން ދުވަސްވަމުން ދާއިރު، ޒުވާންކަން ދަމަހައްޓަން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް ނުބައި އާދަތަކާ ދުރުވާން ޖެހެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމުގެ ސަބަބުން ހަންގަނޑު އަވަހަށް މުސްކުޅިވެ އެވެ.
  5. ނިދުން: ކޮންމެ ރެއަކުވެސް ރަނގަޅަށް ނިދި ހޯދާށެވެ. ނިދުމުގެ ސަބަބުން ހަމުގެ ކޮލާޖެން އިތުރުވެ، ހަން ދޫވުމުން ދުރުކޮށްދެ އެވެ. އޭގެ އިތުރުން ހަމުގެ ކުލަ ވެސް އަލިކޮށްދެ އެވެ. 
70%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް