ads
ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް-- ފޮޓޯ: ޑެއިލީ މިރާ
އެއާބަސް ކޮރަޕްޝަން މައްސަލާގައި ސްރީލަންކަން އެއާލައިންސްގެ ވެރިން ޕާލިމެންޓަށް!
ފްލައިޓް އުފައްދާ ކުންފުނި، އެއާބަސް އާއެކު ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ސްރީލަންކަން އެއާލައިންސްގެ ވެރިން ލަންކާގެ ގާނޫނު ހަދާ މަޖިލިހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަޖިލިހުގެ ކޮމިޓީ އޮން ޕަބްލިކް އެންޓަޕްރައިޒްގެ ޗެއާމަން އެމްޕީސުނިލް ހަންޑުންނެޓި ވިދާޅުވީ ފެބްރުއަރީ 19 ގައި ސްރީލަންކަން އެއާލައިންސްގެ ވެރިން އެ ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށެވެ.

އެ އެއާލައިނުގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދްރަސޭނާ އަދި އޭނާގެ އަންހެނުން ޕްރިޔަންކާ ވިޖެނަޔަކެ މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ. އެމީހުންނަށް ތުހުމަތު ކުރެވުނީ އެއާބަސް ކުންފުނިން ދިން ދެ މިލިއަން ޑޮލަރުގެ ރިޝްވަތު ނެގި ކަމަށެވެ. 

އޭގެ އިތުރުން 2013 ވަނަ އަހަރު 14 އެއާބަސް ބޯޓު ގަތުމުގައި މަނީ ލޯންޑާ ކުރި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ. މީގެ އިތުރުން ވެސް ސްރީލަންކަން އެއާލައިންސްއާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށް ލަންކާ މަޖިލިހުން ބުނެ އެވެ.

މިކަން ފެންމަތިވެފައި މިވަނީ އެއާބަސް ކުންފުނީގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ނިކުމެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ޔޫރަޕާއި އެމެރިކާއިން ބަލަމުން ދިޔަ މައްސަލަތައް ކޯޓުން ބޭރުން ނިންމަން އެ ކުންފުނިން ވަނީ ގިނަ ފައިސާތަކެއް ހޭދަކޮށްފަ އެވެ. 

އޭގެ އިތުރުން އޭޝިއާގެ އެންމެ ބޮޑު ބަޖެޓު އެއާލައިން، އެއާ އޭޝިއާ އާއި އެއާބަސްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. 

އެ މައްސަލައާ ގުޅިގެން އެއާ އޭޝިއާގެ ވެރިޔާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް