މި އިވެންޓް އޮތީ އުސްފަސްގަނޑުގައި އޮންނަ ހެލިޕެޑް ސަރަހައްދުގައެވެ. އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ބާއްވާނެ މި އިވެންޓިގެ ހާއްސަ ކޮށްފައި އޮންނާނީ ޗަރުކޭސް ދައްކަން ބޭނުންވާ ކުދިންނަށެވެ. އެ ސޯސިއޭޝަނުން ބުނި ގޮތުގައި އަންނަ އަހަރުގެ ޗަރުކޭސް އިވެންޓުގައި ކާރުވެސް ބައިވެރިކުރާނއެވެ.
މި އަހަރުގެ އިވެންޓްގައި ބޭނުންކޮށްފައިވަނީ ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝީޝާއިން މި އިވެންޓަށް ޚާއްސަކޮށްފައިވާ ސައިކަލެވެ. އެސޯސިއޭޝަންގެ ނާއިބި ރައީސް ޝަރުވާން ވިދާޅުވީ، މި އިވެންޓުގެ ބޭނުމަކީ މި ކުޅިވަރުގައި ކުޅޭ ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ނިސްބަތުން މަދު ކުދިންކޮޅަކާ އެކު މި އިވެންޓު ކުރިޔަށް ދިޔައީ ރޮބޯ މޭން އާއި ކާއްޓޭގެ ބޮޑުބައިވެރިވުމަކާވެސް އެކުގައި އެވެ. ކާއްޓޭ އަކީ މި އިވެންޓުގެ ހޯސްޓުގެ ގޮތިގައި ހުރެ މުޅި ސަރަހައްދު ފަޅުފިލުވާލަދިން މޭއްސްތިރިއެވެ. ރޮބޯ މޭން އެތަކެއް ތުއްތުކުއްޖަކަށް ހިނިތުންވުން ގެނެސްދިނެވެ.
މި އިވެންޓުގައި އެއްވަނައަށް ދިޔާއީ އަލީ އަޝްފާގު އަދި ދެވަނައަށް ދިޔައީ ޝުއޭބު މުޙައްމަދުއެވެ. މި ދެބައިވެރިންނަކީ އެސޯސިއޭޝަނުން ބުނި ގޮތުގައި ސިންކްރޮނިކް ދެ ރައިޑަރުންނެވެ.