އުމުރުން ސާޅީސް އަހަރުގެ ޒްލަޓާން ހިމެނި އޭސީ މިލާނަށް ޗެމްޕިއަންކަން ހޯދައިދިނީ ފަހު މެޗުގައި ރޭ ސަސުއޯލޯ އަތުން ތިން ލަނޑު ސުން ލަނޑުން މޮޅުވެގެންނެވެ. މި މެޗާއި އެކު ލީގުގެ ފަހު ހަ މެޗުން މިލާން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަރގެ މައްޗަށް ކުރި ހޯދިއެވެ. މިއީ އޭސީ މިލާނުން ދެހާސް އެގާރަވަނަ އަހަރުގެ ފަހުން ލީގު ހޯދި ފުރަތަމަ ފަހަރެވެ
ރޭގެ މެޗާއި އެކު މިލާނުން ޗެމްޕިއަންކަން ހޯދީ އަށްޑިހަ ހަ ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ އިންޓަރއަށް ލިބުނީ އަށްޑިހަ ހަތަރު ޕޮއިންޓެވެ.