ads
ކުކުޅު ބިސް
ބިސް ވިއްކާއިރު މުއްދަތު ހަމަވާ ތާރީހު ޖަހަން ޖެހޭނެ: އެމްއެފްޑީއޭ
މިއަދުން ފެށިގެން ފިހާރަތަކުގައި ބިސް ވިއްކަން ބަހައްޓާއިރު، އެތަކެތީގެ މުއްދަތު ހަމަވާ ތާރީހު ފެންނަން ހުންނަހެން ބަހައްޓަން ޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން ބުނެފި އެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްކަން ހުންނަ ކުކުޅު ބިސްތައް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެކަމާއި ގުޅިގެން އެމްއެފްޑީއޭ އިން ބުނީ، ފަހަކަށް އައިސް ވިއްކާ ބިސްތަކުގެ ތެރެއިން ގިނަ ބިސްތަކެއް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުން އަންނަ ކަމަށެވެ. 

މިކަމާއި ގުޅިގެން އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކުނި ބިހުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށާއި، ބައެއް ހާލަތްތަކުގައި އެ ބިސް ކެވޭ ފަރާތަށް ކާނާ ވިހަވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ފިނިކޮށްފައި ހުންނަ ބިސް ބެހެއްޓޭނީ ގިނަވެގެން ތިން މަސް ދުވަހު ކަމަށާއި، ފިނި ނުކޮށް ހުންނަ ބިސް ބެހެއްޓޭނީ އެންމެ ގިނަވެގެންވެސް 28 ދުވަހު ކަމަށެވެ. 

އެހެން ކަމުން ބިސް ވިއްކާ ހުރިހާ ފަރާތްތަކުންވެސް ބިހުގެ މުއްދަތު ހަމަވާނެ ތާރީހު ގަންނަ ފަރާތައް ފެންނަން ހުންނަހެން ބަހައްޓަން ޖެހޭ ކަމަށާއި، އަދި ބިސް ގަންނަ ފަރާތްތަކުންވެސް ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމަށްފަހު ގަތުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އަދި ބިސް ވިއްކާ ފަރާތްތަކުން ބިސް ވިއްކުމަށް ބަހައްޓާއއިރު، ބިސް ބަހައްޓަން ޖެހޭ ފިނިހޫނު މިނުގައި ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް