ads
ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް
ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޭރު ކޮށްލައިފި
އާއްމު ރައްޔިތުންނަށް ނޭގި ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީ ކުރާ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރު ކޮށްލައިފި އެވެ.
Advertisement

އޮޅުވައިލައިގެން ނުވަތަ ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އާއި ގުޅިގެން ގިނަ ރައްޔިތުންނެއްގެ އިތުރުން ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. 

މި ކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އާއްމު މީހާއަށް ނޭނގި ކުއްލިއަކަށް ޕާޓީ ބަދަލުވާ މައްސަލަ ވަރަށްބޮޑަށް އިތުރުވެފައި ވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިޖްތިމާއީ މައްސަލަތައް އިތުރުވާނެ ކަމަށާއި، މިކަމަކީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، މިގޮތަށް ޕާޓީ ބަދަލުކުރުމުގެ ސަބަބުން ސިޔާސީ ވަކި ފިކުރަކަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެން ދާ ކަމަށާއި، އެފަރާތްތަކުގެ އިމްތިޔާޒްތަކަށް އުނިކަން އަންނަ ކަމަށެވެ. 

"އާއްމު ރައްޔިތަށް ނޭނގި އެހެން ޕާޓީއަކަށް ވައްދާފައި އޮތުމުން، ނުހައްގު މާލީ ފައިދާ އާއި، ގެއްލުން ސިޔާސީ ޕާޓީތަކަށް އަންނަނީ ލިބެމުން. މިކަމުގެ ސަބަބުން ރައްޔިތުން ސިޔާސީ ޕާޓީތަކަށް ކުރާ އިތުބާރު އަންނަނީ ގެއްލެމުން. މިކަމުގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވާނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް މަޖިލީހުގެ މިއަދު ނެގި ވޯޓުގައި، އެ މައްސަލަ ބަލައި ނުގަތުމަށް 17 މެމްބަރަކު ވަނީ ވޯޓުދީފަ އެވެ. މި މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ ދިހަ މެމްބަރުންނެވެ. 

އޮޅުވާލައިގެން ނުވަތަ ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައަށް ހައްލެއް ގެނައުމަށް އީސީއިން ވަނީ އިއްޔެއިން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ ނަންނަތައް އާއްމުކޮށް އިއުލާން ކުރަން ފަށާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް